ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޓޭޗްކޮށްފައިވާ ޓީއޯއާރ އެއްގޮތަށް މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތަށް އެޓޭޗްކޮށްފައިވާ ޓީއޯއާރުގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ ނަންބަރު (IUL)221-ASS/221/2023/63 (24 ސެޕްޓެމްބަރ 2023) އިއުލާނާއިގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. އަދި މިބީލަން އިވޭލުވޭޓް ކުރުމުގައި އުސޫލު ނަންބަރު: 2022/G-23 "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާއި އެއްގޮތަށް އަމަލު ކުރެވޭނެ އެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 އޮކްޓޯބަރ 08 ވާ އާދިއްތަ ދުވަހުން ފެށިގެން 2023 އޮކްޓޯބަރ 16 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކް: https://forms.office.com/r/HjvfAw53d7

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 13:45 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

08 އޮކްޓޫބަރު 2023
ހޯދާ