މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަފަރީ ކައުންސިލުން ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށާއި ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

މުޖުތަމަޢުގެ ރޫޙު އުފެއްދުމާއި، ކުޅިވަރާއި، ފަންނުތަކާއި، ސަޤާފަތް ކުރިއެރުވުމާއި، އެކި މުބާރާތްތަކުގައި ރަށް، ތަމްސީލުކުރުމުގައި ކުލަބު ޖަމުއިއްޔާ ޖަމާއަތްތަކުގެ މުހިންމުކަން މި ކައުންސިލުން ގަބޫލުކުރާ ހިނދު، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މާލީ އެހީތެރިކަމުގެ އިޖުރާއަތްތަކަށް މަގުދައްކައިދިނުމަށްޓަކައި، ކައުންސިލުން ވަނީ މިފަދަ ހަރަކާތްތަކަށް އެހީތެރިވުމަށް ކައުންސިލްގެ މި ދައުރުގެ 2023/20 ވަނަ ނަންބަރ 70 ވަނަ ބައްދަލުވުމުން  288-USOOL/2023/001 އުޞޫލު ފާސްކޮށްފައެވެ.

ރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކަށާއި ކުލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު އަދި މާލީ އެހީތެރިކަމަށް އެދޭ ފޯމް އިއުލާނާއެކު އެއްކަރުދާސްކޮށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

08 އޮކްޓޫބަރު 2023
ހޯދާ