ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމް ސީލިންގްކުރުމާއި، އޮފީސްބައި ސީލިންގް ކުރުމާއި އަދި އަސްކަނި ސީލިންގ ކުރުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 3 ކުލާސްރޫމް ސީލިންގ ކުރުމާއި، އޮފީސްބައި ސީލިންގ ކުރުމާއި އަދި އަސްކަނި ސީލިންގ ކުރުމަށް ކުރެވުނު އިޢުލާން ( ނަންބަރު GS138/2013/04 ، ތާރީޚު 07 މާޗް 2013 ) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވާތީ، އެ އިޢުލާން ކެންސަލްކޮށް މިކަމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 އޭޕްރީލް 2013 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޭޕްރީލް 2013 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުމަށް، ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން ގަބޫލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުމަށް، ކުންފުނިތަކުގެ ފަރާތުން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ކުންފުނީގެ ތައްގަނޑު ޖެހި ސިޓީއެއް ހުށަހެޅުއްވުމުން ގަބޫލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މާކްސް ދެވޭނެގޮތް

މަސައްކަތުގެ އަގު       % 75

މަސައްކަތު ތަޖުރިބާ     % 15

މަސައްކަތުގެ މުއްދަތު  % 10

 

31 މާރިޗު 2013
ހޯދާ