ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރސިސްޓަމާއި، ޓެބްލެޓް ހޯދުމާއިބެހޭ
މި އިދާރާގެ ނަމްބަރ (IUL)229-IED/229/2023/13 ( 19 ސެޕްޓެމްބަރ 2023 ) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް އެސްޓިމޭޓް ހުށައަޅުއްވާފައިނުވާތީ އެ އިޢުލާނު ބާތިލްކޮށް ސުރުޚީގައި ދެންނެވިފައިވާ ތަކެތި މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ދެންނެވިފައިވާ ތަކެތިފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 11 އޮކްޓޫބަރ 2023 ވާ ބުދަ ދުވަހުގެ 12:00 އަށް މިއިދާރާ މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 16 އޮކްޓޫބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ށް މި އިދާރާއަށެވެ. ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.
ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
23 ރަބީޢުލްއައްވަލް 1445
08 އޮކްޓޫބަރ 2023