ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ހިއުމަން ރިސޯސް އޮފިސަރ |
ބޭނުންވާ އަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ - ގްރޭޑް 02 |
މުސާރަ: |
މަހަކު 5750.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: 2300.00 ރުފިޔާ މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ. އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން ފާސްވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 2-1 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ވަޒީފާ ދިނުމާއި/ ބަދަލުކުރުމާއި/ ވަކި ކުރުމުގެ މަސައްކަތްތައް ކޯޕަރޭޝަންގެ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރުން. - ވަޒީފާ ދޭ މުވައްޒަފުންނާއި ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އެޗް.އާރު ސިސްޓަމަށް އެޅުން. - ވަޒީފާގެ ބަޔާން ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފުން ލައްވައި ސޮއިކުރުވައި ވަޒީފާގެ ޗިޓްތައް ކަމާބެހޭ ފަރާތްތަކާއި ޙަވާލުކޮށް އެ ލިޔުންތައް ފައިލުކޮށް ބެލަހައްޓަމުންދޭ ތޯ ވިލަރެސްކުރުމާއެކު އެހީތެރިކަން ދިނުން. - މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ހަދައި، އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. - ކޯޕަރޭޝަންގެ ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި އެޗް.އާރު މަސައްކަތްކުރުން. - ބިދޭސީ މުވައްޒަފުންގެ ވިސާ އަދި ވާރކް ޕާމިޓްއާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. - މުވައްޒަފުންގެ އިވަލުއޭޝަނާއި ބެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 12 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޮކްޓޯބަރ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
20 ރަބީއުލްއައްވަލް 1444