ދިވެހިރާއްޖެ
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއަށް އަލަށްއިތުރުކުރާބައިގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 19 އޮކްޓޯބަރ 2023ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރީން މިއިދާރާއަށް ލިއުމަކުން ހުށަހަޅުއްވައިގެން ނުވަތަ، އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.
ބިޑްރަޖިސްޓަރ ކުރެއްވުމަށް ފޮނުވާއިރު ހިމަނަންޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީ
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު (އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް) މެއިލްގައި އެޓެޗް ކުރަންވާނެއެވެ.
އަންދާސީހިސާބު ހުށަހެޅުއްވުން އޮންނާނީ 31 އޮކްޓޯބަރ 2023ވާ އަންގާރަ ދުވަހުގެ 14:00ގައި މިއިދާރާގައެވެ. 31 އޮކްޓޯބަރ 2023ވާ އަންގާރަދުވަހަކީ ސަރުކާރުބަންދު ދުވަހެއްކަމުގައި ހަމަޖައްސަވައިފިނަމަ ދެން އަންދާސީހިސާބު ހުށަހެޅުއްވުން އޮންނާނީ އެންމެއަވަހަށް ސަރުކާރުހުޅުވޭދުވަހެއްގެ 14:00ގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލްކުރެއްވުންއެދެމެވެ. ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.