ދިވެހިރާއްޖެ
އިޢުލާނު |
|
މަޤާމު: |
އެކައުންޓްސް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-389241 |
ބޭނުންވާ އަދަދު: |
1 (އެކެއް ) |
ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް.އެސް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
މުސާރަ: |
6295.00ރުފިޔާ |
ސަރވިސް އެލަވަންސް: |
2000.00 ރުފިޔާ |
އެހެނިހެން އެލަވަންސް:
|
- ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި އަސާސީ މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތު ފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900ރުފިޔާ. - ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މައިގަނޑު މަސައްކަތްތައް 1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 2- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 3- އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުން. 4- ފައިސާގެ ހިސާބުތައް ހިންގައި ބެލެހެއްޓުމުގައި މާލިއްޔަތު ޤާނޫނާ ޤަވާޢިދުތަކާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތަށް ފުރިހަމަކުރުން. 5- އަތޮޅު ރައްޔިތުންގެ މާލިއްޔަތާއި، އެންމެހައި ވަސީލަތްތައް ބެލެހެއްޓުން 6- ލިބޭ ފައިސާގެ ދުވަހު ފޮތް ލިޔުން. 7- އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމަށް، ފައިސާ ޓްރާންސްފަރ ފޯމާއި ޓްރާންސްފަރ ރަޖިސްޓްރީ ލިޔެ ތައްޔާރުކުރުން. 8- ސަރުކާރުގެ އޮފީސްތަކަށް ފޮނުވާ އާމްދަނީގެ ފައިސާގެ ރިޕޯޓް ތައްޔާރު ކޮށް ފޮނުވުން. 9- ފައިސާ ރައްދުކުރަން ޖެހޭ ފަރާތްތަކަށް ފައިސާ ދޫކުރުމަށް ވައުޗަރ ލިޔެ، ޗެކް ތައްޔާރު ކުރުމާއި ކައުންސިލްގެ އެކައުންޓްގެ އައިޓަމް ބާކީ ކުރުން. 10- ކައުންސިލްގެ އެކައުންޓްތަގެ ޗެކް ރަޖިސްޓްރީ ބެލެހެއްޓުން 11- ކައުންސިލްގެ އެކައުންޓްތަކުގެ ބާކީ ބެލެހެއްޓުމާއި ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރު ކުރުން. 12- ކައުންސިލްގެ އެކައުންޓްތަކުގެ އާމުދަނީގެ މަސްދުވަހުގެ ރިޕޯޓާ އަހަރު ދުވަހުގެ ރިޕޯޓް ތައްޔާރު ކުރުން. 13- ކައުންސިލްގެ ބަޖެޓާއި އިދާރީ ބަޖެޓް ތައްޔާރު ކުރުމާއި، ކައުންސިލްގެ މާލީ ބަޔާން ތައްޔާރު ކުރުން. 14- ލިބޭފައިސާ އެފައިސާއާއި ގުޅޭ އައިޓަމަށް ނެގުން. 15- ފައިސާ ލިބެންވާ ފަރާތްތަކަށް ފައިސާ ޓްރާންސްފަރ ކުރުމަށް ފަހު އެފައިސާ އެފަރާތައް ލިބުނުތޯ ބެލުމަށް ފޮނުވަންޖެހޭ ސިޓީ / މެސެޖް ފޮނުވުން. 16- މުވައްޒަފުންގެ ރިޓަޔަރމަންޓް ޕެންޝަނާގުޅޭ މަސައްކަތްތައް " ކޮށާރު " ޕޯޓަލްތެރެއިން ކުރުން. 17- ކޮންމެ އަހަރަކުވެސް އަތޮޅު ކައުންސިލަށް ކުރިއަށް އޮތް އަހަރަށްލަފާ ކުރާ މާލީ ބަޖެޓް ތައްޔާރު ކުރުން. ( ކައުންސިލުން ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ 15 ގެ ކުރިން ފާސްކުރުމަށް ތައްޔާރު ކުރާ ބަޖެޓް ) 18- ކައުންސިލަށް ލިބޭ ފައިސާއާއި ކުރެވޭ ޚަރަދުތަކާ ގުޅިގެން ސަރުކާރަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުމާއި ކައުންސިލުން ޢާއްމުކުރަން ޖެހޭ ރިޕޯޓްތައް ޢާއްމުކުރުން. 19- ފައިސާއާއި ބެހޭ ޔުނިޓަށް އަންނަ ފައިސާއާއި ގުޅޭ ލިޔުންތައް އެންޓްރީން ނެގުމާއި އެލިޔުން ކަމާއި ބެހޭ މައްސަލައާއި ގުޅުން. 20- އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމާއި ރެކޯޑް ބެލެހެއްޓުން 21- ކައުންސިލްގެ އާމުދަނީން ކުރެވޭ ޚަރަދުގެ އައިޓަމުތަކުންނާއި ބަޖެޓް އައިޓަމު ތަކަށް ބަދަލު ގެނައުމަށް ކޮންޓްރޯލް ފޯމް ތައްޔާރު ކުރުން. 22- ނީލަންކިޔަން ޖެހޭ ތަކެތި މާލިއްޔަތު ޤަވާޢިދަށް ރިޢާޔަތްކޮށް، ވެރިން ލަފާއާއި އިރުޝާދުގެ މަތިން ނީލަން ޕޯޓަލް މެދުވެރިކޮށް ނީލަން ކިޔުން. 23- މުސާރައައި އެލަވަންސް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން 24- ކައުންސިލުން ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓް، ފައިއަރަނި، ފަހިދުވެލި ފަދަ މާލީ ރިޕޯޓް ތައްޔާރުކޮށް ޢާއްމުކުރުން |
މަޤާމުގެ ޝަރުޠުތައް:
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާ ންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1- އަސާސީ ޝަރުތު ހަމަވުން %30 2- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5 3- ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް %5 4- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 5- އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެޓިކަލް ) %20 6- އިންޓަރވިއު %35 މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓުލިބިފައިވާ ނަމައެވެ. މި މަޤާމަށް ތަޢުލީމާ ތަޖުރިބާގެ ބަޔަށް ޕޮއިންޓްދެވޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ، ތަޖުރިބާގެ މުއްދަތު ފިޔަވައި އެއަށްވުރެއް މަތިން ޙާޞިލްކޮށްފައިވާ ތަޢުލީމާ ތަޖުރިބާގެ މުއްދަތަށެވެ. ކަނޑައެޅިފައިވާ ޤަވާއިދު ތަކާއި އުޞޫލްތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެwww.halifatoll.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮކްޓޫބަރު 12 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު ކުރުން އޮންނާނީ 2023 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 31 އާއި ދެމެދުގެ ތާރީޚެއްގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500002 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |