ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަމު ޤުރުއާން މުބާރާތް 2023 އާއިގުޅޭ

އިޢުލާން

ގަމު ކައުންސިލް ޤުރުއާން މުބާރާތް 2023 އާއި ގުޅޭ

    ސެޕްޓެމްބަރު މަހު 14 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ގަމު ކައުންސިލް ޤުރުއާން މުބާރާތް 2023 ވަނީ ލަސްކުރެވިފައެވެ. މި މުބާރާތް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުއެވެ.

މުބާރާތް ފަސްކުރެވުމާއި ގުޅިގެން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު  16 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 14:00އަށް އިތުރު ކުރެވިފައިވާ ވާހަކަ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަމެވެ.

މިއިޢުލާނާއެކު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު  ޙިއްސާ ކުރެވޭނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނި  6801044 އަށެވެ.

04 އޮކްޓޯބަރ 2023 މ.

https://docs.google.com/forms/d/e/1FAIpQLSd5MsCRr_oHCudj4Vuu00lKweTVTomCcLGIbWHvb2M2zvHawA/viewform?usp=sf_link

04 އޮކްޓޫބަރު 2023
ހޯދާ