ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ސަޕްލައިކޮށްދޭނެ ފާރާތެއް ހޯދުން

އިޢުލާން

މި އިދާރާއަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއްޖެ.

 

         މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

                ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް" ކައުންސިލަށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރައްވާނަމަ، ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަން ރަޖިސްޓްރީ ކުރުން

2023 އޮކްޓޯބަރ  11 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

ރަޖިސްޓަރ ފޯމް ފުރިހަމަކޮށް [email protected]  އަށް ފޮނުއްވާ.

ޕްރީ-ބިޑް ބައްދަލުވުން

ބީލަމާ ގުޅޭ މައުލޫމާތު އާންމުކުރެވިފައިވާތީ ޕްރީ-ބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިނުވޭ.

ބީލަން ބަލައިގަތުން

2023 އޮކްޓޯބަރ 18 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް

ބީލަން ހުޅުވުން

2023 އޮކްޓޯބަރ 18 ވަނަ ދުވަހުގެ 11:00 ގައި ޅ.އޮޅުވެލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

                 ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަން ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ. މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6620075 ފޯނަށެވެ.

                 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

 

                      05 އޮކްޓޯބަރ 2023

05 އޮކްޓޫބަރު 2023
ހޯދާ