ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އެންގުން

           ޤާނޫނު ނަންބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ) 149 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން  އެކުލާވާލާފައިވާ "ޢާއްމު އުދަގުލާއި  ބެހޭ  ޤަވައިދުގެ 14  ވަނަ މާއްދާ ( މަގުތަކުގައި ތަކެތި ބެހެއްޓުން ) މިމާއްދާގެ (ހ) ގައިވާ ގޮތުން ކައުންސިލްގެ ހުއްދަ ނެތި ހިނގާ ބިގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތި ވާގޮތައް މަގުތަކުގައި އެއްވެސް އެއްޗެއް ނުބެހެއްޓޭނެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ކައުންސިލްގެ ހުއްދަ ނެތި މަގުތަކުގައި ތަކެތި ބެހެއްޓުން ވަނީ  އާންމު ވެފައެވެ.  

                 ވީމާ، މަގުތަކުގަޔާއި ރަށުގެ އެކި ސަރަހައްދުތަކުގައި ކައުންސިލްގެ ހުއްދަ ނެތި ބަހައްޓާފައި ހުރި އެންމެހައި  ތަކެތި 2023 އޮކުޓޫބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި މިކައުންސިލުން ނައްތާލާނެ ކަމުގައި ދަންނަވަމެވެ. އަދި ތަކެތި ނައްތާލުމުގައި ތަކެއްޗަށް ލިބިދާނެ ގެއްލުމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ކަމުގައިވެސް ދަންނަވަމެވެ. 

                ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.                      

03 އޮކްޓޫބަރު 2023
ހޯދާ