ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ގއ. އަތޮޅު ހޮސްޕިޓަލަށް 2 ތަރުޖަމާނަކު ހޯދުމަށް 16 އެޕްރީލް 2014 ގައި ކޮށްފައިވާ އިޢުލާން ބާޠިލުކުރުމަށްފަހު، އެ ފުރުސަތު އަލުން ހުޅުވައިލަމެވެ. މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.
މަގާމު |
ތަރުޖަމާނު |
||
ބޭނުންވާ އަދަދު |
2 (ދޭއް) |
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: GS.3 |
މުސާރަ |
މުސާރަ: މަހަކު -/4465 ރުފިޔާ - ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަދެވޭނެއެވެ. |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
ޑިވިޜަން/ ސެކްޝަން |
އެޑްމިނިސްޓްރޭޝަން |
||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ގއ. އަތޮޅު ހޮސްޕިޓަލް / ގއ. ވިލިނގިލީ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ބަލިމީހާއާއި ޑޮކްޓަރާ ދެމެދު ކުރެވޭ މުޢާމަލާތްތައް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ތަރުޖަމާކޮށްދިނުން. |
||
މަޤާމުގެ އަސާސީ ޝަރުޠު |
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
ނޯޓް: އެޓެސްޓްކޮށްފައިވާ ލިޔުންތައް ހުށަހަޅާއިރު، އެ ލިޔުންތައް އެޓެސްޓްކުރި ފަރާތުގެ ފުރިހަމަ ނަމާއި، މަޤާމާއި، އެޓެސްޓްކުރި ތާރީޚާއި ސޮއި އޮންނަންވާނެއެވެ. |
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ގއ. އަތޮޅު ހޮސްޕިޓަލަށް ހުށަހެޅުން އެދެމެވެ. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން |
2015 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ 6820070 ނަންބަރު ފޯނަށެވެ. |
||
ނޯޓް:
|
|
14 ޖުމާދަލްއޫލާ 1436