ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގެ ނަންބަރު 30/IUL)GAAH-HR/2014) ގައި، ލޯންޑްރީ އެސިސްޓެންޓުގެ މަޤާމުގެ މުސާރައާއި، ކްލެސިފިކޭޝަނާއި، ރޭންކާއި، ޝަރުޠު ބަޔާންކުރެވިފައިވަނީ ރަނގަޅަށްކަމުގައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށްފައި، އެ ފުރުސަތު އަލުން ހުޅުވައިލަމެވެ. މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމު |
ލޯންޑްރީ އެސިސްޓެންޓް |
|||
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: SS1 |
|
މުސާރަ |
މަހަކު -/3100 ރުފިޔާ |
|||
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
|||
ޢިނާޔަތްތައް |
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
|||
ޑިވިޜަން/ ސެކްޝަން |
އެޑްމިނިސްޓްރޭޝަން |
|||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ގއ. އަތޮޅު ހޮސްޕިޓަލް / ގއ. ވިލިނގިލީ |
|||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ބެޑްޝީޓް، ރަބަރުޝީޓް ފަދަ ތަކެތީގައި ހުންނަ ނަޖިހާއި ލޭ ފަދަ ތަކެތި ދޮވެ ސާފުކުރުމާއި، އިސްތިރިކުރުން. |
|||
މަޤާމުގެ ޝަރުޠު |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން. |
|||
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް
|
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ. 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
|||
ސުންގަޑި |
2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން ގއ. އަތޮޅު ހޮސްޕިޓަލަށް. |
|||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ މާރިޗު މަހުގައި، ގއ. އަތޮޅު ހޮސްޕިޓަލުގައި. އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން، ލިޔުމުން އެނގޭނެއެވެ. |
|||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ 6820070 ނަންބަރު ފޯނަށެވެ. |
|||
14 ޖުމާދަލްއޫލާ 1436 |