މަޤާމު
|
ރިސެޕްޝަނިސްޓް
|
ބޭނުންވާ އަދަދު
|
1
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލަވަންސް
|
މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/25 ރުފިޔާ
|
އިތުރުގަޑި
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެ ދަށުން، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ޑިވިޜަން/ ސެކްޝަން
|
އެޑްމިން
|
މުއްދަތު
|
ދާއިމީ
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މަކުނުދޫ ޞިއްޙީ މަރުކަޒު / ހދ. މަކުނުދޫ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޞިއްޙީ މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކިކަންކަމުގައި އަންނަ މީހުންނަށް މަރުޙަބާކިއުމާއެކު، އެމީހެއްގެ ބޭނުން ރަނގަޅަށް އޮޅުންފިލުވައި ފިޔަވަޅު އެޅުމާއި، އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވެ، ޔަގީން މަޢުލޫމާތު ފޯރުކޮށްދިނުން.
- ފަރުވާހޯދަން އަންނަ ކޮންމެ މީހަކަށް އެކަމާގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައްކޮށް، ފުރިހަމަކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، ލަސްނުވެ ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- ހާލުދެރަ ބަލިމީހަކު ޞިއްޙީ މަރުކަޒަށް ގެންނަންވެއްޖެނަމަ ނުވަތަ ބަލިމީހަކު އަންނަކަމުގެ މަޢުލޫމާތު ލިބުމުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ބަލި މީހާއަށް އަވަހަށް ފަރުވާދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
- އާސަންދައިގެ ދަށުންނާއި އެހެނިހެން ގޮތްގޮތުން ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ދިނުމާއި، ނަގަންޖެހޭ ފައިސާ ނެގުމާއި، ބިލުތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.
- ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ޢާއްމު މަޢުލޫމާތު ހިމެނޭ ލިޔުންތަކާއި، ނިޝާންތައް ފެންނާނޭހެން ބެހެއްޓުމާއި، ހަވާލުކުރަންޖެހޭ ލިޔުންތައް ނުވަތަ މަޢުލޫމާތު ފޯރުކޮށްދިނުން.
- ޞިއްޙީ މަރުކަޒަށް އަންނަ ކޮންމެ މީހަކާއި ނުވަތަ ފޯނުން ގުޅާ ކޮންމެ މީހަކާ ބައްދަލުކޮށް، އިޙުތިރާމާއެކު މެހެމާންދާރީ އަދާކުރުމާއި، އޭނާގެ ބޭނުމަށް އެކަށީގެންވާ ގޮތުގެމަތީން ޖަވާބުދީ، އަވަސްކޮށް ކަންކަން ނިމިގެންދާނެ އިންތިޒާމު ހަމަޖެއްސުން.
- ޝިފްޓް ޑިއުޓީއާއި އިމަރޖެންސީ އޮންކޯލަށް ހާޒިރުވުމާއި، ވަގުތުން ފަރުވާ ދޭންޖެހޭ ސީރިއަސް ބަލިމީހެއްނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުން.
- ޚިދުމަތް ލިބޭ ފަރާތްތަކަށާއި ލިބިގަންނަ ފަރާތްތަކަށް އެނގެން ބޭނުންވާ މަޢުލޫމާތުތައް ދިނުމާބެހޭ ކަންތައް ކުރުން.
- ޞިއްޙީ މަރުކަޒުން ލިބެންހުންނަ ޚިދުމަތްތައް، އެކި ޑިޕާޓްމަންޓުން ދެވޭ ޚިދުމަތްތަކާއެކު، ޚިދުމަތްދެވޭ ގަޑިތަކާއި އުސޫލުތަކާއި، ޑޮކްޓަރުންގެ ޑިއުޓީ ރޭވިފައިވާގޮތް ޑިއުޓީ ރޯސްޓަރަށް ބަލައި މަޢުލޫމާތު ދިނުން.
- ޞިއްހީ މަރުކަޒުގައި ހިންގާ ހަރަކާތްތަކުގައި އޮފީހުން އަންގާގޮތެއްގެމަތީން ޢަމަލީގޮތުން ބައިވެރިވުމާއި، އޮފީހުގައި ކުރަން ދިމާވާ ކަންތައްތައް ކުރުމުގައި ބައިވެރިވެ އެހީތެރިވުން.
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ. )
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
އިންޓަރވިއު ކުރުން
|
-މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނެ ތާރީޚާއި ގަޑި، މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ.
- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާވާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.
|
ތަކެތި ހުށަހަޅަންޖެހޭ ގޮތާއި އޮފީސް
|
- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، 2015 މާރިޗު 15 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރައި، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، މަކުނުދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.
- ފުރިހަމަ ނުކުރާ ފޯމާއި، ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.
|
ނޯޓް
|
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 6520094 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުން އެދެމެވެ.
|
10 ޖުމާދަލްއޫލާ 1436 |