މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1. މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތަށް ފޮޅާ ސާފު ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)94-Q/94/2023/33 އިޢުލާނުގެ ބިޑު ހުށައެޅުމުގެ ތާރީހަށް ބަދަލުއައުމާއި ގުޅޭ.
އިޢުލާން
ޕްރޮޖެކްޓް ނަންބަރު: PC-942023W-31
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަން ތިރީގައި މިދަންނަވާ އޮފީސްތަށް ފޮޅާ ސާފު ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)94-Q/94/2023/33 އިޢުލާނު ގައި ބިޑު ހުށައެޅުމަށް އިޢުލާނު ކޮއްފައިވާ ތާރީހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން ބިޑު ހުށައަޅާ ތާރީޙަށް ވަނީ ބަދަލު ގެނެވިފައެވެ.
- މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް (ވެލާނާގެ 01 ވަނަ ފަންގިފިލާ)
- ވިޒާ ޑިވިޝަން (ސްޓާރކްލައުޑްސް ބިލްޑިންގ 10,9,8 އަދި 10 ވަނަ ފަންގިފިލާ)
- އެންފޯސްމަންޓް އެންޑް ކޮމްޕްލައިންސް ޑިވިޜަން (ހުޅުމާލެ ފޭސް 2، ޓެންޕް 230 / މޯލްޑިވްސް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރ)
- ހާބަރ ސެކްޝަން (މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ބިލްޑިންގ 01 ވަނަ ފަންގިފިލާ)
- ބީލަން ހުށައެޅުން އޮންނާނީ 11 އޮކްޓޯބަރ2023 ވާ ބުދަ ދުވަހުގެ 11:00:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330476 , +960 3330470
އީމެއިލް : [email protected]
ކޮޕީ : [email protected]
04 އޮކްޓޫބަރު 2023
ހޯދާ