ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޑިނޭޓަރ

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޯޑިނޭޓަރ

މުސާރަ:

4000.00 ރުފިޔާ

މުސާރަދެވޭ ގޮތް:

މަހަކު 2 ތަމްރީން ޕްރޮގްރާމް ހިންގާފައިވާނަމަ -/3،000 ރުފިޔާ (ކޮންމެ ތަމްރީން ޕްރޮގްރާމަކަށް -/1،500 ރުފިޔާ) ތަމްރީން ޕްރޮގްރާމެއްގައި 4 ބޭފުޅުން ތަމްރީން ކޮށްފައިވާނަމަ

ބޭނުންވާ އަދަދު:

1 (އެކެއް)

ތައުލީމާއި ތަޖުރިބާ:

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  2. ކޮމްޕިއުޓަރާއި އިންޓަރނެޓް ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން އަދި ކޮމްޕިއުޓަރާއި އިންޓަނެޓް މުޅިން އަލަށް ބޭނުންކުރަން ފަށައިގަންނަ ފަރާތްތަކަށް ކިޔަވައިދިނުމުގެ ހުނަރު ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އަލަށް އިންޓަރނެޓް ބޭނުންކުރާ ކުދިންނަށް އަމާޒުކޮށްގެން ޕްރޮގްރާމްތަކެއް ރާވައި އިންޓަނެޓް ބޭނުންކުރަން އެނގޭނެ މިންވަރަށް ތަކެތި ބުނެދޭން އެނގުން.
  • އީ. ސެންޓަރު ހުޅުވައި ލައްޕުން.
  • ލިބޭ އާމްދަނީގެ ރެކޯޑުތައް ބެލެހެއްޓުން.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

އިންޓަވިއު އޮންނާނީ، ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު އޮންނާނެ ދުވަހާއި ގަޑިއާބެހޭ މަޢުލޫމާތު މަސައްކަތު 5 ދުވަހުގެ ކުރިން ލިޔުމުން އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭކަމުގެ ސިޓީއެއް ހުށަހަޅަންޖެހޭ ލިއުންތަކާއެކު 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒިފާއަށް އެދޭކަމުގެ ސިޓީ
  2. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. އައިޓީއާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމެއް ނުވަތަ ކޯހެއް ހަދާފައިވާނަމަ، އެ ކޯހުގެ ސެޓްފިކެޓް ނުވަތަ ލިޔުން.
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
  5. އައި. ޑީ. ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިތުރު މައުލޫމާތު

- މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ 6820020 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް މެއިލްކުރާނަމަ، [email protected]  އަށް މެއިލްކުރުން އެދެމެވެ. އަދި މި އިދާރާއަށް ގުޅައިގެން، އެ ލިޔުންތައް ލިބިފައިވޭތޯ ކަށަވަރުކުރުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 ޖުމާދަލްއޫލާ 1436

02 މާރިޗު 2015
ހޯދާ