ދިވެހިރާއްޖެ
މި މުބާރާތަކީ ހއ. އަތޮޅުގެ ހިމެނޭ ރަށްރަށުގެ ސްކޫލުދަރިވަރުންނާ ޢާއްމު ފަރާތްތަކަށް ހުޅުވާލައިގެން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސަލްއިން ބާއްވާ ޤުރުއާން މުބާރާތެކެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 އޮކްޓޫބަރު 26 ން 28 އަށް ހއ. މާރަންދޫގައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ޢާއްމު ފަރާތްތަކުން އޮންލައިން " ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަ ކުރުމަށްފަހު 2023 އޮކްޓޯބަރ 08 ވަނަ ދުވަހުންގެ 13:30 ކުރިން ހުށަހެޅުއްވުން އެދެމެވެ.
ރެޖިސްޓްރޭޝަން ފޯމް ލިންކް: https://forms.office.com/r/P5DvNbGCQM
މި މުބާރާތުގެ ޤަވާއިދު ލިންކް: https://drive.google.com/file/d/1EhNYNAKdsA_aOl50yvvsjl-vIVpMg92r/view?usp=sharing
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަބީއުލް ޢައްވަލް 1445