| 
 އިތުރު ޢިނާޔަތްތައް: 
 | 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
 
- މީގެ އިތުރުން، ކޮމްޕިއުޓަރަށް / އައި.ސީ.ޓީއަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.
 
  | 
| 
 އިންޓަވިއު ކުރުން: 
 | 
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަނާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
 
- އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓް ލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
 
- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. މި މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ދ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.
 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓްކުރަންޖެހޭ ސެޓްފިކެޓްތައް އެކްރެޑިޓްކޮށްފައި އޮތުން.)(ސެޓުފިކެޓުތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްވާފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހުށަހެޅުއްވުން.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
  | 
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީސް: 
 | 
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.
 
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 16 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
 
  | 
| 
 އިތުރު މަޢުލޫމާތު: 
 | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 7952914 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ. 
 |