މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްކޫލް ކުދިންގެ ލަވަ މުބާރާތް 2015 ގެ ސެޓް ހަދައިދޭނެ ފަރާތެއް ހޯދަން


ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/TVM Pro/2015/027

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

އެމްބީސީ ސްކޫލް ކުދިންގެ ލަވަ މުބާރާތް 2015 ގެ ސެޓް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ ނަމޫނާއާ އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

06 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ