މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ / އެގްޒެކެޓިވް / މެނޭޖަރ

ރޭންކް:EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

1. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާޢްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިދާރީގޮތުން މިނިސްޓްރީން ކުރަންޖެހޭ ( މަރުކަޒުގެ ) އެންމެހާ މަސައްކަތްތައް އިންތިޒާމުކުރުމާއި، ހިންގައި ބެލެހެއްޓުން.
  2. އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމާއި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ރާވައި އިންތިޒާމުކޮށް ބެލެހެއްޓުން.
  3. މަރުކަޒުގެ މެޝިނަރީސް، ފަރުނީޗަރ، ހިފާގެންގުޅޭ ތަކެތި މަރާމާތުކުރުމާއި ނައްތާލަން ބޭނުންވާ ތަކެތި ނައްތާލުމުގެ މަސައްކަތް ހިނގާގޮތް ބެލެހެއްޓުން.
  4. މަރުކަޒުން ކުރަންޖެހޭ އެންމެހާ ދަތުރުތަކާބެހޭ އިންތިޒާމުތައް ހިނގާގޮތް ބެލެހެއްޓުން.
  5. މަރުކަޒުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް (ހުށަހަޅަންޖެހޭ މުއްދަތަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތާއެކު) އިސްކޮށް ބެލެހެއްޓުން.
  6. މަރުކަޒުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ޕަރފޮމެންސް އެޕަރައިޒަލް އާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި، ޔުނިޓްތަކުގެ އިސްބޭފުޅުންގެ ޕަރފޮމެންސް އެޕަރައިޒަލްއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި، ޔުނިޓްތަކުގެ އިސްބޭފުޅުންގެ ޕަރފޮމެންސް އެޕަރައިޒަލް ހެދުން.
  7. މަރުކަޒުގެ އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާއި ކުރެވޭ އެގްރީމެންޓްތަކާބެހޭ އެންމެހާ ކަންކަން ހިނގާގޮތް ބެލެހެއްޓުން.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

1. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާޢްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4. އެޑްމިނިސްޓްޝަން މެނޭޖްމަންޓް/ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިންވެންޓްރީއާއި، ސްޓްކް (ގަވާއިދުތަކާ އެއްގޮތަށް) ބެލެހެއްޓުމާއި، މުއައްޒަފުންގެ މަސައްކަތް ސްޕަވައިޒް ކުރުން.
  2. މަރުކަޒުގެ ހުރިހާ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ގޮތުން މި މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވައި އަދި އެމަސައްކަތް ހިންގައި ބެލެހެއްޓުން.
  3. މަރުކަޒުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ކަމާބެހޭ ބޭފުޅުންގެ ލަފައާއި މަޝްވަރާއާއެކު، އިންތިޒާމުކޮށް ރާވައި އަދި އެމަސައްކަތް ހިންގައި ބެލެހެއްޓުން.
  4. އަހަރުރިޕޯޓު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، އެކަމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ރާވައި އަދި އެމަސައްކަތް އެމަސައްކަތްތައް ކުރުން
  5. މަރުކަޒަށް ބޭނުންވާ މެޝިނަރީސް، ފަރުނީޗަރ، ހިފާގެންގުޅޭ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެތަކެތި މަރާމާތު ކުރުވައި އަދި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވައި އަދި އެމަސައްކަތް ހިންގައި ބެލެހެއްޓުން.
  6. މަރުކަޒު ހިންގުމުގައި ވެރިޔާއަށް އެހީތެރިވެދިނުމާއި، ވެރިޔާ ނެތް ވަގުތުތަކުގައި މަރުކަޒު ހިންގުމުގެ މަސައްކަތް ކުރުން.

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 1

ރޭންކް:GS 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒު ހިންގުމާބެހޭ އެންމެހާ ކަންކަމުގައި މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަވާ މީހަކަށް އެހީތެރިވުން.
  2. މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މީހަކު ގުރައިދޫގައި، ނެތް ވަގުތެއްނަމަ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަ މީހެއްގެ މަޝްވަރާގެ މަތިން މަރުކަޒު ހިންގުމާބެހޭ އެންމެހާ ކަންތައްތައް ކުރުން.
  3. ސަޕޯޓުސަރވިސަސް ސެކްޝަނުގެ މަސައްކައްތައް (މެއިންޓެނަންސްއާއި، ޓެކްނިޝިއަނުންގެ މަސައްކަތްތަކާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައްތަކާއި ހައުސްކީޕިންގގެ ދަށުން ހިންގާ ބަލަހައްޓާ އެންމެހާ ކަންތައްތައް) އޮފީހުގެ އެންމެ އިސްވެރިޔާގެ މަޝްވަރާއާއެކު ހިންގައި ބެލެހެއްޓުން.
  4. ލިބޭ، ފޮނުވާ ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތަކާއި ޕްރައިވެޓް ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވައި ބެލެހެއްޓުން.
  5. މުވައްޒަފުންނާމެދު އެޅޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.
  6. މަރުކަޒުން ބަލަހައްޓާ މީހުންނަށް ކާންދިނުމަށް ތައްޔާރުކުރަންޖެހޭ މެނޫ ޝީޓް ތައްޔާރުކޮށް ކުރިއަށް އޮންނަ ހަފްތާގެ މެނޫޝީޓް ހިނގާ ހަފްތާ ހުސްވުމުގެ ކުރިން މަރުކަޒު ހިންގުމާ ހަވާލުވެ ހުންނަވާ މީހަކަށް ދައްކާ ފާސްކުރުމާއި އަދި މެނޫ ޝީޓާ އެއްގޮތަށް ކާންދިނުމުގެ ކަންތައްތައް ކުރިއަށްދޭތޯ ބެލެން.
  7. ހަވާލުކުރާ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާކުރުން.
  8. އޮފީހުގައި ހުންނަ ލިޔެކިޔުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.
  9. މަރުކަޒަށް ދިމާވާ ކަންތައްތަކުގެ ތެރެއިން ޢާންމުކޮށް ނުހިނގާ ޚާއްޞަ ގޮތެއްގައި ދިމާވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވުން.
  10. މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

މަޤާމު

މެކޭނިކް

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 1

ރޭންކް:  GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒުގެ ކަރަންޓަށް ދިމާވާ ހުރިހާ މައްސަލަތަކެއް ބަލައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅައި އެސިސްޓެންޓް މެކޭނިކުންގެ އެހީތެރިކަން ހޯދައިގެން އެކަންކަން ރަނގަޅު ކުރުން.
  2. މަރުކަޒުގެ ބޯފެންލައިނާއި ފެންވަރާ ފެންލައިންތައް ބެލެހެއްޓުމާއި އެލައިންތަކުގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅައި އެސިސްޓެންޓް މެކޭނިކުންގެ އެހީތެރިކަން ހޯދައިގެން އެކަންކަން ރަނގަޅު ކުރުން.
  3. މަރުކަޒުގެ ފާޚާނާތަކާއި އެހެނިހެން ތަންތަނުގެ ފެންވައިރިންގއަށް ދިމާވާ މައްސަލަތަކެއް އެސިސްޓެންޓް މެކޭނިކުންގެ އެހީތެރިކަން ހޯދައިގެން ހައްލުކުރުން.
  4. މަރުކަޒުގެ ފެންމޯޓަރތަކާއި، އިންޖީނު އަދި ޕަންޕު ފަދަ ތަކެތި ސަރވިސްކޮށް ބެލެހެއްޓުމާއި އެކަންކަމަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  5. މަރުކަޒުގެ ހުރިހާ ތަންތަނެއްގެ ހޮޅިބުރި ލައިޓް ދިއްލޭތޯއާއި އެއިން އެއްވެސް އެއްޗަކަށް މައްސަލައެއް ޖެހިއްޖެނަމަ އެކަމެއް ހައްލުކުރުން.
  6. މަރުކަޒުގެ ދޮރުފަތްތަކުގެ ތަޅު، ހުޅު، ތަންޑު ފަދަ އެއްޗެއްސަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  7. ވަޒީފާގެ ގޮތުން މަސައްކަތްތައް ކުރުމަށް މަރުކަޒުން ހަވާލުކޮށްފައިވާ ޓޫލްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، މަސައްކަތްތަކަށް ބޭނުންވާ ޓޫލްސް އެކަމާ ހަވާލުވެގެން ހުންނަ މުވައްޒަފަކާ ވާހަކަދައްކައިގެން ހޯދުން.
  8. މަރުކަޒުގެ މަސައްކަތު މީހުންކުރާ މަސައްކަތްތަކުގައި ވަގުތުވީ ވަރަކުން ސަރުދާރު އަންގާ ގޮތެއްގެ މަތިން ބައިވެރިވުން.

މަޤާމު

ހެލްތު އޮގްޒިލިއަރީ

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގުރޭޑް 2

ރޭންކް:  SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން،

ނުވަތަ

2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. މަޤާމުގައި ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީ ފަރުވާދޭ ބައިގެ އެންމެހާ މަސައްކަތްތައް ކުރުން.
  2. މަރުކަޒުން ބަލަހައްޓާ މީހުންނަށް ދޭންޖެހޭ ބޭސް ސްޓާފް ނަރުހުންގެ ލަފާގެ މަތިން ގަވާއިދުން ދެމުން ގެންދިއުމާއި، ބޭސް އެޅުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން.
  3. ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތްތަކުގައި އެހީތެރިވުން.
  4. މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން ސްޕޮންޖް ކުރަންޖެހޭ މީހުން ސްޕޮންޖް ކުރުން.
  5. ޑިއުޓީ ބަދަލުވާ ގަޑިތަކުގައި ހުރިހާ ވޯޑްތަކަށްގޮސް މަރުކަޒުން ބަލަހައްޓާ މީހުންގެ ހާލު އަހުވާލު ބަލައި ހެދުން
  6. މަރުކަޒުން ބަލަހައްޓާ މީހުންގެ ކެއުމާއި ސައިގެ ގަޑިތަކުގައި އެހީވުމާއި އަމިއްލައަށް ނުކެވޭ މީހުންނަށް ކާން ދިނުމުގައި އެހީތެރިވުން
  7. ހަވާލުކުރެވޭ ޑިއުޓީތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ ޑިއުޓީތައް އަދާކުރުން
  8. މަރުކަޒުން ބަލަހައްޓާ މީހުންގެ ސާފުތާހިރުކަމާމެދު ޚާއްޞަ ސަމާލުކަމެއް ދިނުމާއި، އެފަދަ މީހުންގެ ނިޔަފަތި، ދަތްޕިލަ، ބޯ، ތުނބުޅި ޗެކްކޮށް ބަލިމީހުން ބަލަހައްޓާ މީހުން ލައްވާ އެފަދަ ކަންކަން ރަނގަޅު ކުރުވުން.
  9. މަރުކަޒުން ބަލަހައްޓާމީހުންގެ ތެރެއިން މަސައްކަތްކޮށް އުޅެވޭ މީހުންލައްވައި މަސައްކަތް ކުރުވުމާއި، ތަފާތު ކުޅިވަރުތައް ކުޅުވުމުގައި އެހީތެރިވުން.
  10. މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

މަޤާމު

 އިސްކައްކާ

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS3

މުސާރަ

މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ބަދިގޭގެ މަސައްކަތާ ގުޅޭ އެންމެހާ ކަންތައްތައް އިސްނަގައިގެން ކުރުން
  2. ބަދިގެތެރެ ސާފުކޮށް ބެލެހެއްޓުމާއި ސާފުތާހިރުކަންމަތީ ކާބޯތަކެތި ތައްޔާރުކުރުމާއި ބަދިގޭގައި އުޅޭއިރު ސާފުކޮށް ހުރުން.
  3. ކޮންމެ ދުވަހަކަށްވެސް ބޭނުންވާ ކާބޯތަކެތި އެދުވަހެއްގެ މެނޫއާ އެއްގޮތްވާ ގޮތުގެ މަތިން ގަޑިއަށް ތައްޔާރުކޮށް ފޯރުކޮށްދިނުން.
  4. ބަދިގޭގައި ބޭނުންކުރާ ތަކެތި އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
  5. ބަދިގެއަށް ބޭނުންވާ ތަކެތި ހޯދުން.
  6. ހަވާލުކުރެވޭ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާކުރުން.
  7. މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

މަޤާމު

 ބޮޑު ކައްކާ

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:  SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ބަދިގޭގެ މަސައްކަތާގުޅޭ އެންމެހާ ކަންތައްތައް އެކަމާ ހަވާލުވެ ހުންނަވާ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
  2. ބަދިގެތެރެ ސާފުކޮށް ބެލެހެއްޓުމާއި ސާފުތާހިރުކަންމަތީ ކާބޯތަކެތި ތައްޔާރުކުރުމާއި ބަދިގޭގައި އުޅޭއިރު ސާފުކޮށް ހުރުން.
  3. ކޮންމެ ދުވަހަކަށްވެސް ބޭނުންވާ ކާބޯތަކެތި އެދުވަހެއްގެ އެއްގޮތްވާ ގޮތުގެ މަތިން ގަޑިއަށް ތައްޔާރުކޮށް ފޯރުކޮށްދިނުން.
  4. ބަދިގޭގައި ބޭނުންކުރާ ތަކެތި އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
  5. ބަދިގެއަށް ބޭނުންވާ ތަކެތި ހޯދުމަށް އިސްކައްކާއަށް އެދި އެފަދަ ތަކެތި ހޯދުން.
  6. ހަވާލުކުރެވޭ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާކުރުން.
  7. މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

މަޤާމު

މަސައްކަތު (އަންހެން)

ބޭނުންވާ އަދަދު

01

 

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އިމާރާތް ފޮޅައި ސާފުކޮށް ކުނިކަހައި ބެލެހެއްޓުން.

މަޤާމު

ބަލިމީހުން ބަލަހައްޓާ (02 ފިރިހެން/ 01 އަންހެން)

ބޭނުންވާ އަދަދު

3

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:SS2

މަސައްކަތް ކުރަންޖެހޭ ތަން

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ

ތަޢުލީމާއި ތަޖުރިބާ

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. މަޤާމަށް ބޭނުންވާ ތަމްރީނެއް /ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް މުޚާޠަބު ކުރުމާއި ފަރުވާތެރިކަމާއެކު އެމީހުން ފެންވަރުވައި ބެލެހެއްޓުން.
  2. މަރުކަޒުން ބަލަހައްޓަމުންދާ މީހުން ނިދާ އެނދުތަކުގައި ތަންމަތި އަޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.
  3. މަރުކަޒުން ބަލަހައްޓަމުންދާ މީހުން ތިބޭ ގޭގޭގެ ފަންކާތަކާއި ފަރުނީޗަރާއި ކެއުމަށް ބޭނުންކުރާ ތަށިފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
  4. ހަވާލުކުރެވޭ ޑިޔުޓީތައް ފަރުވާތެރިކަމާއެކު އަދާކުރުން.
  5. މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް ބޭނުންވާ އަންނައުނާއި ދަތްއުނގުޅާބޭހާއި ރީތިވާސާމާނު ފަދަ ތަކެތި މަރުކަޒުގައި އެކަމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ދަންނަވައިގެން ހޯދައިދިނުމާއި އަމާނާތްތެރިކަމާއެކު އެ ތަކެތި ބެލެހެއްޓުން.
  6. މަރުކަޒުން ބަލަހައްޓާ މީހުންނާގުޅޭ އެންމެހާ ކަންތައްތައް އެކަމާ ހަވާލުވެހުންނަވާ ބޭފުޅެއް އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
  7. އެއްވެސް ޙާލެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް މަރުކަޒުން ބަލަހައްޓާ މީހުންނަށް ނުކުރުމާއި އެމީހުން އެކަކު އަނެކަކަށްދޭ ނަފްސާނީ އަދި ޖިސްމާނީ ގެއްލުމާއި އެމީހުން އަމިއްލައަށް ލިބޭ ގެއްލުންތައް ލިބުނަނުދީ އެފަދަ ޢަމަލުތައް ހުއްޓުވުން.
  8. މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން ބަންދުކުރެވިފައިވާ މީހުންނާއި ވޯޑްތަކުގައި ތިބޭ މީހުންގެ ހާލު މަދުވެގެން ކޮންމެ 15 މިނެޓަކުން ބަލައި ޗެކްކުރުން.
  9. މަރުކަޒުން ބަލަހައްޓާމީހުންގެ ތެރެއިން މަސައްކަތްކޮށްއުޅެވޭ މީހުންލައްވައި މަސައްކަތް ކުރުވުމާއި ތަފާތު ކުޅިވަރުތައްކުޅުވުމުގައި އެހީތެރިވުން.
  10. މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވާ ސެޓުފިކެޓު ބާޠިލުވާނެއެވެ. )
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި

09 މާރިޗު 2015 ވާ ހޯމަދުވަހުގެ 02:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރއަށް ހުށަހެޅުން (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) އަދި ގުރައިދޫ މަރުކަޒަށްވެސް ފޯމު ހުށަހެޅިދާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މާރިޗުމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.

22 ފެބުރުވަރީ 2015
ހޯދާ