ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (ޕްލާސްޓިކް ބޯޑުތަކެއް ހަދައި ސަޕްލައިކުރުން)

މިއިދާރާއިން ފޯރުކޮށްދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ޕްލާސްޓިކް ބޯޑުތަކެއް ހަދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ބޯޑުތަކުގެ ނަމޫނާ އިއުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޯބަރ 2023ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ [email protected]  އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  • ބޯޑުގެ ލިޔެފައި ހުންނަބައި ހަދަންވާނީ 3 އެމްއެމް ބޯމިނުގެ ކަޅު ކުލައިގެ ޕްލާސްޓިކް ސީޓަށް (ހުދުކުލައިން) ޕްރިންޓް ކޮށްގެންނެވެ.
  • ބޯޑުތަކުގެ ސައިޒު ހުންނަންވާނީ 2ފޫޓް ފުޅާ 4ފޫޓް ދިގުމިނުގައެވެ.
  • މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން.
  • މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން
  • ކައުންސިލް އިދާރާއާ ހަމައަށް ތަކެތި ފޯރުކޮށްދިނުން.
  • ބީލަން ހުށަހަޅާ ފޯމު )އަންދާސީ ހިސާބު/ކޯޓޭޝަން( ހުށަހެޅުން
  • ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާނަމަ) ހުށަހެޅުން

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

  • އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
  • ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
  • ފޯން: 6520042
  • އީމެއިލް: [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 އޮކްޓޫބަރު 2023
ހޯދާ