ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް (އެސް.އެސް. 2)

ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމު:

އޮފީސް އެސިސްޓެންޓް ( އެސް.އެސް. 2 )

އޮފީހުގެ ނަން:

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން / މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. މާލެ

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/3,470 ރުފިޔާ

އެލަވަންސް:

-/1,000 ރުފިޔާ (ސަރވިސް އެލަވަންސް).

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ދެވޭ އުޖޫރަ ދެވޭނެ.

ސެކްޝަން /ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް / އޮފީސް އެޑްމިނިސްޓްރޭޝަން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދައުލަތުގެ އޮފީސްތަކަށާއި އަމިއްލަ ތަންތަނަށް ސިޓީ، ނޯޓް ފަދަ ތަކެތި އަދި ފައިސާ ހަވާލުކުރުމާއި ބަލައިދިޔުން.
  • އޮފީހަށް ބޭނުންވާ މުދާ ފަދަ ތަކެތި ހޯދުމަށް ތަންތަނަށް ދިއުމާއި އެތަކެތި އޮފީހަށް ގެނެސް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  • އޮފީހުގެ ކުޑަދޮރުތަކާއި އުސްތަންތަން ސާފުކުރުމާއި، ހޮޅިބުރި ފަދަތަކެތި ބަދަލުކުރުން ފަދަ މެއިންޓެނަންސް މަސައްކަތްތައްކުރުން.
  • އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

އަސާސީ ޝަރުޠު:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު.
  • ތަޢުލީމީ ސެޓުފިކެޓު ލިބިފައިވާނަމަ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ކޮޕީ.)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާނަމަ ވަޒީފާ އަދާކުރި ނުވަތަ އެވަޒީފާ އަދާކުރާކަމުގެ ރަސްމީ ލިޔުމެއް. (އެވަޒީފާގެ މަސްއޫލިއްޔަތާއި، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ މިވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

  • ޝަރުޠު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މިމަޤާމަށް މުވައްޒަފުން ނެގޭނީ މިބިޔުރޯއިން ކަނޑައަޅާ އިންޓަރވިޔު ޕެނަލެއްގައި މިމަޤާމުގެ ވާޖިބު އަދާކޮށްދެވޭނެކަމަށް ސާބިތުކޮށްދީ އިންޓަރވިއުއިން ފާސްވުމުންނެވެ.
  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިބިޔުރޯގެ 3312900 ނުވަތަ 3010754 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި:

26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް. (ވެލާނާގޭގެ 05 ވަނަ ފަންގިފިލާ)

އިންޓަރވިއު ކުރުން:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

05 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ