ދިވެހިރާއްޖެ
އިޢުލާން
ރ.ދުވާފަރު 58.02 ނަމްބަރުގޭ ރ.ކަނދޮޅުދޫ/ ހުޅަނގުގެ، މަރްޔަމް ޙަސަންގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމަށް އެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 58.02 ނަމްބަރުގޭ ރ.ކަނދޮޅުދޫ/ ހުޅަނގުގެ، މަރްޔަމް ޙަސަންގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
18 ރަބީޢުލް އައްވަލް 1445
03 އޮކްޓޯބަރ 2023