ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 05 އެއްގަމު އުޅަނދު 01 އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓާ ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރު: (IUL)350-LH/350/2023/65އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޢާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ “ބީލަން ފޮތް'' އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
ބީލަމުގައި ބައިވެރިވުން
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 10 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހު 14:00 ގެ ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރުމަށްފަހު މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހު ދުވަހުގެ 10:00 ގެ ކުރިން މި ކައުންސިލްގެ ގެ އީމެއިލް [email protected] އަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅާނީ 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އަރިއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާއަށެވެ.