ދިވެހިރާއްޖެ
މިއޮތޯރިޓީ ހިންގަމުން ގެންދާ މއ. އުތުރުވެހި 5 ވަނަ ފަންގިފިލާ، 1 އަހަރު ދުވަހުގެ މުއްދަތަށް (ކޮންމެ މަހަކު 2 ފަހަރު) ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢުކޮށްފައިވާ މަޢުލުމާތު ކަރުދާހާއި ޗެކްލިސްޓް ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
ޕްރޮޕޯސަލް ބަލައިގަތުން:
ޕްރޮސަލް އީމެއިލްކުރަންޖެހޭ އެޑްރެސް: [email protected]
ސުންގަޑި : 15 އޮކްޓޫބަރު 2023 ދުވަހުގެ ރޭގަނޑު 23:59:59 ގެ ނިޔަލަށް.
ޕްރޮޕޯސަލް ހުޅުވުން:
އެޑްރެސް: މއ. އުތުރުވެހި/ 5 ވަނަ ފަންގިފިލާ / ކެނެރީމަގު
ތާރީޚާއި ގަޑި: 16 އޮކްޓޫބަރު 2023 ދުވަހުގެ ހެނދުނު 11:00ގައި
ޕާސްވޯޑް ހިއްސާކުރުން :ޕްރޮޕޯސަލް ހުޅުވުމަށް ކަނޑައަޅާފައިވާ ގަޑިއަށް އޮތޯރިޓީއަށް ހާޒިރުވެ ޕާސްވޯޑް ހިއްސާކުރަންވާނެއެވެ.
ނޯޓް: އޮތޯރިޓީއަށް ވަޑައިގެން އޮތޯރިޓީއާ ހިއްސާކުރާ ޕާސްވޯޑްގައި މައްސަލައެއްޖެހިގެން ޑޮކިއުމަންޓް ނުހުޅުވިއްޖެނަމަ ބިޑް ބާތިލުކުރެވޭނެކަމުގައި ދެންނެވީމެވެ.
އިމާރާތް ބަލަން ބޭނުންވާ ފަރާތްތަކަށް 9 އޮކްޓޫބަރު 2023 ވަނަ ދުވަހު 14:45 އަށް މއ. އުތުރުވެހި 5 ވަނަ ފަންގިފިލާއަށް ވަޑައިގެން ދެއްވުންއެދެމެވެ.
އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 10 އޮކްޓޫބަރު 2023 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. ހުށަހެޅޭ ސުވާލުތަކާގުޅިގެން ދެވޭ ޖަވާބު އޮތޯރިޓީގެ ވެބްސައިޓް (www.cmda.gov.mv) ގައި 12 އޮކްޓޫބަރު 2023ގެ 15:00ގެ ކުރިން ޝާއިޢުކުރެވޭނެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ 5 ވަނަ ފަންގިފިލާ، މއ. އުތުރުވެހި،ކެނެރީމަގު، މާލެފޯނު: 3336619