މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދޭނެ ފަރާތެއް ހޯދުމަށް 24 ފެބުރުވަރީ 2015 ގައި މި ކޮމިޝަނުން ކުރި ނަންބަރު IUL)427-OPR/1/2015/6) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދެއްވާނޭ ފަރާތެއް ބޭނުންވެއްޖެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

މަސައްކަތް ކުރަންޖެހޭ ތަން

މަހަކު 8 (އަށެއް) ގަޑިއިރު

މަސައްކަތް ކުރަން ޖެހޭ ވަގުތު

1 އަހަރު

މުއްދަތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެކިއެކި ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި ޤާނޫނީ ލިޔެކިޔުން ތައްޔާރުކުރުން އަދި ޝަރުޢީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލުކުރުން.

ކުރަންޖެހޭ މަސައްކަތް

  • ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލު ކޮށްފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއިއެކު މުޢާމަލާތު ކުރަން އެނގުން.
  • ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކޮމިޝަންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
  • ބްރޯޑްކާސްޓިންގ ދާއިރާގެ ޤާނޫން އަދި ގަވާއިދުތަކަށް އަހުލުވެރިވެ އަދި މިފަދަ ގަވާއިދުތަކާއި، ގައިޑްލައިންތައް ޑްރާފްޓް ކުރުމުގައި އަދި ބްރޯޑްކާސްޓިންގ ދާއިރާގެ ކަންކަމުގައި ޤަނޫނީ ލަފާ ދިނުމުގައި ތަޖުރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު

ކޮންމެ މަހަކު -/5،000ރ (ފަސް ހާސް ރުފިޔާ)

އުޖޫރަ

މަހަކު މަސައްކަތްކުރަން ހަމަޖެހިފައިވާ 8 (އަށެއް) ގަޑިއިރުގެ އިތުރަށް މަސައްކަތް ކުރާ ކޮންމެ ގަޑި އިރަކަށް ދެފަރާތުން އެއްބަސްވާ ރޭޓަކުން އިތުރުގަޑީގެ ފައިސާ ހަމަޖެއްސޭނެއެވެ.

އިތުރުގަޑި

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވަޒީފާއަށް ހޮވިއްޖެނަމަ، ކޮމިޝަންގެ ވަޒީފާއަށް ވަގުތު ދިނުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެ ބޭފުޅަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

08 މާރިޗު 2015 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

   މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

   މާލެ،ދިވެހިރާއްޖެ

   އަމީނީމަގު

  •    ފޯން:  3334333
  •    ފެކްސް: 3334334
  •    އީމެއިލް: www.broadcom.org.mv

އެޑްރެސް އަދި  ގުޅޭނެ ނަންބަރު

 

                                 

26 ފެބުރުވަރީ 2015
ހޯދާ