2023 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ މާކިންގ ހޯލުގައި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.
|
ބޭނުންވާ އަދަދު:
|
މަޤާމް
|
ދިވެހި
|
އިސްލާމް
|
ކްލެރިކަލް އެގްޒޭމިނަރ
|
06
|
06
|
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:
|
- މާކިންގ ވާރކްޝޮޕް:
28 އޮކްޓޫބަރު 2023 އިން 31 އޮކްޓޫބަރު 2023 އަށް (14:00 އިން 18:00 އަށް)
- މާކިންގ:
01 ނޮވެންބަރު 2023 އިން 18 ނޮވެންބަރު 2023 އަށް (14:00 އިން 18:00 އަށް)
|
އުޖޫރަ:
|
- މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.
- ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
|
ޝަރުޠު:
|
ކްލެރިކަލް އެގްޒޭމިނަރ ކަމަށް އެދޭ މީހުންގެ ޝަރުޠު:
- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ކުރިން މިމަސައްކަތުގައި އުޅެފައިވުން.
- މި މަސައްކަތަށް މީހުން ނެގުމުގައި 40 އަހަރުން ދަށުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.
|
މަސްޢޫލިއްޔަތު:
|
- މާކަރުންނާއި އެގްޒޭމިނަރުންގެ ޙާޟިރީ ބެލެހެއްޓުން
- މާކަރުން، މޮޑަރޭޓަރުން، އޮޑިޓަރުން، އެގްޒޭމިނަރުން އަދި ޗީފް އެގްޒޭމިނަރުންނަށް އެހީތެރިވުން
- މާކިންގ ފެށުމުން ޙަވާލުކުރެވިފައިވާ ގްރޫޕްތައް ބެލެހެއްޓުން
- ވާރކްޝޮޕްގައި މާކަރުންނަށް ޖަވާބުކަރުދާސް ބެހުމާއި މާކުކޮށް ނިމުމުން ކަރުދާސްތައް ނަގައި ތަރުތީބުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
- މާކަރުން ލައްވައި ސޮއި ކުރުމަށް ފަހު ޖަވާބު ކަރުދާސް އެ މާކަރަކަށް ޙަވާލުކުރުން
- ޙަވާލުކުރެވިފައިވާ ގްރޫޕުގައިތިބޭ މާކަރުން މާކުކޮށްފައިވާ ކަރުދާހުގައި ދީފައިވާ ޢަދަދާއި މާކުސްޝީޓުގައިވާ ޢަދަދު ދިމާވޭތޯ ކަށަވަރު ކުރުން
- މާކު ނުކުރާ ސުވާލެއް އޮތްތޯ އާއި ސުވާލަށް ކަނޑައެޅިފައިވާ ވަރަށް ވުރެ އިތުރަށް މާކުސް ދީފައިވޭތޯ ޗެކް ކުރުން
- ޙަވާލުކުރާ ކަރުދާސް ތަކުގެ ތެރޭގައި ސިޓީ އުރައިގެ ބޭރުގައި ހުރި ކޯޑުތައް ފިޔަވައި އެހެން ކޯޑެއްގެ ކަރުދާހެއް ނުވަތަ އެހެން މާއްދާ އެއްގެ ކަރުދާހެއް ނުވަތަ މާކު ކުރަމުންދާ ކަރުދާސް ފިޔަވައި އެހެން ކަރުދާހެއް ނެތްކަން ކަށަވަރު ކުރުން
- ގްރޫޕުގައި ހިމެނޭ މާކަރުންގެ ޖަވާބު ކަރުދާސްތައް ޗެކްކޮށް އެގްރޫޕެއްގެ އެގްޒަމިނަރުންނާ ޙަވާލުކުރުން
އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާސްތައް، މާކުސް އެންޓަރކުރާ މޭޒަށް ޙަވާލުކުރުން.
- އިދާރީގޮތުން މަސައްކަތްކުރާ އެހެން ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން
- ޙަވާލު ކުރެވިފައިވާ ގްރޫޕުގެ ގްރޫޕު ތަކެތި ހަމަކޮށް ގަޑިއަށް މާކިންގ ފެށޭ ވަރަށް ހޯލް ތައްޔާރުކުރުން
- މާކިން މަސައްކަތާގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަމުގައި އެހީތެރިކަން ދިނުން
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:
|
- ތަޢުލީމީ ފެންވަރު %70
- މަސައްކަތު ތަޖުރިބާ % 20
- އިންޓަވިއު
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- ކްލެރިކަލް އެގްޒޭމިނަރުން ކަނޑައަޅާނީ ކްލެރިކަލް މަސައްކަތަށް އެދޭ ފޯމުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ކްލެރިކަލް މަސައްކަތަށް އެދޭ ފޯމު
- ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
- ލިބިފައިވާ ތަމްރީނާއި ތަޖުރިބާ ދެނެގަތުމަށް ބޭނުންވާ ލިޔުކިއުންތައް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
ސުންގަޑި:
|
2023 އޮކްޓޫބަރު 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " ކްލެރިކަލް މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|