ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އުލިގަމުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ދައްކަންޖެހޭ އަގު ކަނޑައެޅުމާއި ގުޅޭ

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ

ނަންބަރު: 245/245/2023/86(IUL)

 

ހއ. އުލިގަމުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި ދައްކަންޖެހޭ އަގު ކަނޑައެޅުމާއި ގުޅޭ 

 

            ޤާނޫނު ނަންބަރު: 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ނަންބަރު: 2022/R-181 ( ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާބެހޭ ގަވާއިދު ) ގެ 5 ވަނަ މާއްދާ އަދި 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން، ހއ. އުލިގަމުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމަށްޓަކައި، އެގޯތި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭ އަގު ހއ. އުލިގަމު ކައުންސިލްގެ 4 ވަނަ ދައުރުގެ 102 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.

 އަގު ދެއްކުމަށް ކައުންސިލުން ނިންމާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

1-      އެއްފަހަރާ ފައިސާދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 50.00 ރ (ފަންސާސް ރުފިޔާ)

2-      ފައިސާ ދައްކާ މުއްދަތު 6 (ހަމަސް) ދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 60.00 ރ (ފަސްދޮޅަސް ރުފިޔާ)

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

‏18‏ ރަބީޢުލްއައްވަލް‏ 1445

‏03‏ އޮކްޓޯބަރ‏ 2023           

03 އޮކްޓޫބަރު 2023
ހޯދާ