ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އައު ކުރުމާ ބެހޭ

ދިވެހި ރާއްޖޭގެ ހަކަތައިގެ ޤާނޫނު (2021/18)، ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަރަންޓު މަސަތްކަތް ކުރުމަށް މި އޮތޯރިޓީން ލައިސަންސް ދޫކޮށް ބަލަހައްޓަމުންދާ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ދަފުތަރު އަޕްޑޭޓް ކުރަން ބޭނުންވެއެވެ.

ދަފްތަރު އަޕްޑޭޓް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މި އޮތޯރިޓީ އުފެއްދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ކަރަންޓު މަސައްކަތްކުރުމުގެ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ ވަނަވަރު ކަށަވަރުކޮށް އެފަރާތްތަކާއި މުއާމަލާތް ކުރެވޭނެ މައުލޫމާތު އައު ކުރުމެވެ.

އެހެންކަމުން، 15 މާރިޗު 2023 ގެ ކުރިން ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ހޯދާފައިވާ ފަރާތްތަކުން އޮތޯރިޓީގެ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކޮށް، ފޯމުގައި ހުށަހެޅުމަށް އަންގާފައިވާ ތަކެއްޗާއި އެކު މި އޮތޯރިޓީގެ އީމެއިލް [email protected] އަށް 04 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

https://www.ura.gov.mv/downloads/application-for-power-engineering-license-pdf/

https://www.ura.gov.mv/downloads/application-for-power-engineering-license-editable/

އަދި މަޢުލޫމާތު އައު ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ މިހާރު ދާއިރާގައި މަސައްކަތް ކުރަމުން ނުދާފަރާތްތައް ކަމަށް ނިންމާ 15 މާރިޗު 2023 ގެ ކުރިން ދޫކޮށްފައިވާ އެންމެހާ ލައިސަންސްތައް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވެމެވެ.

03 އޮކްޓޫބަރު 2023
ހޯދާ