މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ކ.ހިންމަފުށިގައި ހިންގަމުން ގެންދާ ނޭޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރ (އެން.އާރް.ސީ) އަށް ބޭނުންވާ ރަށު ޕިކަޕެއް ވިއްކާނެ ފަރާތެއް ހޯދުން

`

 

                                                                                

އިޢުލާން

މި މިނިސްޓްރީގެ ދަށުން ކ.ހިންމަފުށިގައި ހިންގަމުން ގެންދާ ނޭޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރ (އެން.އާރް.ސީ) އަށް ބޭނުންވާ ރަށު ޕިކަޕެއް ވިއްކާނެ ފަރާތެއް ހޯދުން

            މި މިނިސްޓްރީގެ ދަށުން ކ.ހިންމަފުށީގައި ހިންގަމުން ގެންދާ ނޭޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރ (އެން.އާރް.ސީ)އަށް ބޭނުންވާ 01 (އެކެއް) ރަށު ޕިކަޕް (1500 ކިލޯ) ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަންބަރު (IUL)10-F/10/2023/135 (07 ސެޕްޓެންބަރު 2023) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

            ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާން ނަންބަރަށް ރިއާޔަތްކޮށް މިނިސްޓްރީގެ [email protected]  އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަންބަރު އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް މިބީލަމާއި ގުޅޭ މަޢޫލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. މި ބީލަމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކުން، 12 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

03 އޮކްޓޫބަރު 2023
ހޯދާ