ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުޤައްރަރު ލިޔާނެ ފަރާތެއް ހޯދުމާބެހޭ
މިފެކަލްޓީން ހިންގާ މާސްޓަރ އޮފް އެޑިޔުކޭޝަން ކޯހުގެ ތިރީގައިމިވާ 02 މާއްދާގެ އައުޓްލައިން، ފެކަލްޓީން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެމަތިން ލިޔެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މާއްދާތައް:
01. ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް އިން އެޑިޔުކޭޝަން
02. އައި.ސީ.ޓީ އިން އެޑިޔުކޭޝަން
އުޖޫރަ: މާއްދާއަކަށް -/7500ރ
ޝަރުޠު: މާއްދާގެ ނުވަތަ ދާއިރާއާގުޅޭ ރޮނގުން މާސްޓަރސް ޑިގްރީ ލެވެލްގައި ކިޔަވާފައިވުން
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2015 މާރިޗު 04 ވާ ބުދަދުވަހުގެ މެންދުރުފަހުގެ 13:00 އަށް ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މާރިޗު 05 ވާ ބުރަސްފަތި ދުވަހުގެ 14:00 ގެ ކުރިން މިފެކަލްޓީއަށް ވަނަވަރާއި ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
10 ޖުމާދަލްއޫލާ 1436
01 މާރިޗު 2015
ހޯދާ