ދިވެހިރާއްޖެ
މިސަރވސްގެ އޮފިސަރުން އަޅާ ޔުނީފޯމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ:
މި ސަރވިސްގެ މުވައްޒަފުން އަޅާ ޔުނީފޯމަށް ބޭނުންވާ ތަކެތި މި ސަރވިސްއިން ދައްކާ ސާމްޕަލާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)167-CC/PR/1/2015/15) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މި ސަރވިސްގެ މުވައްޒަފުން އަޅާ ޔުނީފޯމަށް ބޭނުންވާ ތަކެތި މި ސަރވިސްއިން ދައްކާ ސާމްޕަލާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ތަކެތި ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
04 މާރިޗު 2015 |
އަންގާރަ |
11:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
08 މާރިޗު 2015 |
އާދީއްތަ |
11:00 |
07 ޖުމާދަލްއޫލާ 1436