ދިވެހިރާއްޖެ
އިޢުލާން
އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
އަތޮޅު ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މާލެއަތޮޅު އަތޮޅު ކައުންސިލްގެ 12 ވަނަ ޤުރުއާން މުބާރާތަށް ތުލުސްދޫއަށް ދުރުވާ ދަރިވަރުންނާއި އޮފިޝަލުން ތިބުމަށް ދުވާލަކަށް 500.00 ( ފަސްސަތޭކަ ) ރުފިޔާއަށްވުރެ ބޮޑުނުވާ އަގަކަށް، 70 (ހަތްދިހަ) އެއަކޮންޑިޝަން ކޮޓަރި، 01 ނޮވެމްބަރ 2023 އިން 04 ނޮވެމްބަރ 2023 އަށް ( ތިންރެއަށް ) ކުއްޔަށް ދޫކުރާނެ ފަރާތެއް / ފަރާތްތަކެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅުއްވާއިރު އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑުގެ ނަކަލް، ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ނަކަލް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާއިން ލިބެން ހުންނާނެކަމުގައި ދަންނަވަމެވެ.