ދިވެހިރާއްޖެ
މި ސަރވސްގެ އޮފިސަރުން އަޅާ ޔުނީފޯމަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ:
މި ސަރވިސްގެ މުވައްޒަފުން އަޅާ ޔުނީފޯމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު: IUL)167-CC/PR/1/2015/10) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސަރވިސްގެ މުވައްޒަފުން އަޅާ ޔުނީފޯމަށް ބޭނުންވާ ތަކެތި މި ސަރވިސްއިން ދައްކާ ސާމްޕަލާ އެއްގޮތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މި ތަކެތި ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
04 މާރިޗު 2015 |
ބުދަ |
12:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
08 މާރިޗު 2015 |
އާދީއްތަ |
12:00 |
07 ޖުމާދަލްއޫލާ 1436