މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
30 ސެޕްޓެމްބަރު 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމާ ގުޅޭ

30 ސެޕްޓެމްބަރު 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށް ދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާތީ، މަގުތަކުގައި ދުއްވާ ބޮޑެތި އުޅަނދުތަކުގެ ތެރެއިން ތިރީގައިވާ ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވުން، އެދުވަހުގެ ހެނދުނު 06:00 އިން ރޭގަނޑު 08:00 އަށް، މަނާވާނެ ކަމުގައި ދަންނަވަމެވެ.

  1. 1.     "ސީ2" އަދި "ސީ0" ކެޓަގަރީގެ އުޅަނދުތައް
  2. 2.     "ޑީ" ކެޓަގަރީގެ އުޅަނދުތައް
  3. 3.     "އީ" ކެޓަގަރީގެ އުޅަނދުތައް
  4. 4.     "ވީ" ކެޓަގަރީގެ އުޅަނދުތައް

އެހެންނަމަވެސް، މަތީގައި ދެންނެވުނު ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެވަގުތުތަކުގައި ދުއްވުން މަނާވެފައިވުމުން އިސްތިސްނާ ކުރެވިފައިވާކަމުގައިވެސް ދަންނަވަމެވެ.

އެއްވެސް ފަރާތަކުން މި އެންގުމާ ޚިލާފަށް ޢަމަލުކުރާނަމަ، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން، އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން އެ ފަރާތެއް 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމުގައި ދަންނަވަމެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މިދެންނެވި ގޮތަށް ޢަމަލުކުރުމަށް އަންގައި އިޢުލާނުކުރީމެވެ.

26 ސެޕްޓެންބަރު 2023
ހޯދާ