މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއިގުޅޭ

 

މި މިނިސްޓްރީ ނަންބަރު: IUL471-HDS3/471/2023/254 (08 އޯގަސްޓް 2023) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. 

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން މި މިނިސްޓްރީން އިޢުލާންކުރި ވަގުތީ ލިސްޓްގައިވާ ޝަރުޠު ހަމަވެ، ފްލެޓް ލިބޭ ފަރާތްތަކާއި އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން، ހުށަހެޅުއްވި ޝަކުވާތައް މި މިނިސްޓްރީން ބެލުމަށްފަހު ޝަރުޠު ހަމަވާ ފަރާތްތަކަށް ފްލެޓް ލިބޭކަން މިހާރު ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.

އަދި ޝަރުޠު ހަމަނުވާ ފަރާތްތަކަށްވެސް ޝަރުޠު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ވާނީ ޖަވާބު ދެވިފައެވެ. ވުމާއިއެކު، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އިތުރު ޝަކުވާއެއް އޮތްނަމަ މިއަދުން ފެށިގެން ކުރިޔަށްއޮތް 7 ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

26 ސެޕްޓެންބަރު 2023
ހޯދާ