ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް (ސެންޓްރަލް ޒޯން، ގްރޭޓަރ މާލެ) 2023

އިޢުލާން 

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް (ސެންޓްރަލް ޒޯން، ގްރޭޓަރ މާލެ) 2023

 

މި އެސޯސިއޭޝަންގެ ނަންބަރު: BAM/IUL/2023/041 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް (ސެންޓްރަލް ޒޯން – ގްރޭޓަރ މާލެ) މިހާރު ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 2 ނޮވެމްބަރ 2023 އިން 8 ނޮވެމްބަރ 2023 އަށް މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން އިންޑޯ ހޯލްގައެވެ.  އަދި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށް ފަހު 15 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި ހަމައެއާއެކު މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، މުބާރާތްތަކަށް ޚާއްޞަކުރެވިފައިވާ އީމެއިލް: [email protected] އަށް ލިޔުމުން ހުށަހެޅުމަށް ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ސެޕްޓެންބަރު 2023
ހޯދާ