މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އިރުމަތީކޮޅުގައި ޖަހާފައިވާ ގަލާއިވެލި ހުރި ފަސްފުނިން ފަސްދޫކުރުން.

        މިރަށުގެ އިރުމަތީކޮޅުގައި ޖަހާފައިވާ ގަލާއިވެލި ހުރި ފަސްފުނިން ކޮންމެ ގޭ ބިސީ އަކަށް 100 ގޯނި ވެލި، ފަސްފުނި ހުސްވަންދެން ދޫކުރުމަށް މިކައުންސިލްގެ ނަންބަރު CN-309/2023/180 ގެ ނިންމުމުން ވަނީ ނިންމާފައެވެ. އެހެންކަމުން، ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްސަ ފޯމް ހުށަހަޅާ މިއިދާރައިންދޭ ހުއްދައިގެ ތަރުތީބުންނެވެ. ވެލި ދޫކުރުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިންނެވެ. މީގެ އިތުރުން ވެލި ނެގުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވަން ވާނެއެވެ.

 

  • ވެލި ގެންދިޔުމުގެ ކުރިން ކައުންސިލުން ކަނޑައަޅާ ފޯކަލް ޕޮއިންޓަކަށް ދެއްކުން.
  • ބިމުގެ ހަމަލެވަލްއަށްވުރެ ފުނުން ވެލި ނުނެގުން.
  • ވެލި ނެގުމުގައި ގޯނި ކަމަށް ކަނޑައެޅިފައިވަނީ އާންމުކޮށް ވެލި އުފުލުމަށް ބޭނުންކުރާ ސައިޒްގެ ގޯނިއެވެ.
  • ވެލި ނަގާއިރު ހުންނަ ގައުތައް ވެލިފުނިހުރި ދިމާ މޫދުކައިރިއަށް އަޅަންވާނެއެވެ.

       

         ވީމާ، އާންމުކޮށް މިކަން އަންގާ ޢިއުލާންކުރީމެވެ.

26 ސެޕްޓެންބަރު 2023
ހޯދާ