ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕެނަލް ބޯޑެއް ސަޕްލައި ކުރުން.

                                                  ނަންބަރ: (IUL)258/258/2023/140     

 

އިޢުލާން

    

ޕެނަލް ބޯޑެއް ސަޕްލައި ކުރުން.

              ހަނިމާދޫ މަސްޖިދު މޫސާ ޢަލީއަށް ކަރަންޓު ދިނުމަށްޓަކައި ބޭނުންވާ ޕެނަލްބޯޑެއް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެސެމްބްލް ކުރުމަށްފަހު މިއިދާރާއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ތަފްސީލް

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

08 އޮކްޓޫބަރ 2023

10:30

އަންދާސީ ހިސާބުހުޅުވުން

15 އޮކްޓޫބަރ 2023

10:30

 

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

11  ރަބީޢުލްއައްވަލު  1445

26   ސެޕްޓެމްބަރ  2023

 

26 ސެޕްޓެންބަރު 2023
ހޯދާ