މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު، އުފެެއްދުންތެރި، ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެސިސްޓެންޓް ގްރައުންޑް މޫވްމަންޓް އޮފިސަރ  

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ރޭމްޕް ސަރވިސަސް ސެކްޝަން

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތެއްކަމުގައިވުން.
  • އުމުރުން 18 އާއި 30 އަހަރާ ދެމެދުގެ ފަރާތެއްކަމުގައި ވުން.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/10,000 އާއި -/11,000 އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ސްޓޭންޑަރޑް އޮޕަރޭޝަނަލް ޕްރޮސީޖާއާ އެއްގޮތަށް އެއަރކްރާފްޓް މާޝަލްކުރުން.
  • ކޮކްޕިޓަށް މަޢުލޫމާތު ދިނުން.
  • އޭ.ޖީ.އެމްއަށް ބޭނުންވާ ވެހިކަލްއާއި އިކުއިޕްމަންޓްތައް ހަމަޖެއްސުން.

މަޤާމު: އެސިސްޓެންޓް ކާގޯ އޮފިސަރ

ބޭނުންވާ އަދަދު: 04

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކާރގޯ ސަރވިސަސް

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ (އިނގިރޭސި ހިމަނައިގެން) 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، އަދި އެސް.އެސް.ސީ އިމްތިޙާނުގައި ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރުންް 20 އާއި 30 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/10,000 އާއި -/11,000 އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ލޯޑް ޕްލޭންއާއި އެއްގޮތަށް ކާރގޯ މެއިލް/ މެނިފެސްޓް ތައްޔާރުކުރުން.
  • އެކްސްޕޯޓް ފްލައިޓްގެ ULD ލޭބަލް ތައްޔާރު ކުރުން.
  • ކާރގޯ މެއިލް މެނިފެސްޓް ކުރޮސް ޗެކްކުރުން އަދި ލޯރޑް ކޮންޓްރޯލްއިން މި މަޢުލޫމާތު ކަށަވަރުކުރުން.
  • ކަނޑައެޅިފައިވާ ވަގުތަށް އިމްޕޯޓް ކުރާ ޑޮކިއުމަންޓްތައް ކޮމްޕިއުޓަރއިން އަޕްޑޭޓް ކޮށް ނިންމުން.

މަޤާމު: އެއަރކްރާފްޓް އިންޓީރިއަރ ކްލީނަރ

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ރޭމްޕް ސަރވިސަސް ސެކްޝަން

ޝަރުޠު:

  • ގްރޭޑް 8 ގެ ފެންވަރުހުރުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރުން 25 އާއި 40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/10,000އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މަތިންދާ ބޯޓް ސާފުކުރުމާއި ސުޕަވައިޒަރު އަންގާގޮތަށް ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.
  • މަތިންދާ ބޯޓް ޖެއްސުމުގެ ކުރިން ސާފުކުރުމަށް ބޭނުންވާ ސާމާނު އޮޕަރޭޝަން އެސިސްޓެންޓުން އަންގާ ގޮތަށް ތައްޔާރުކުރުން.
  • މަތިންދާ ބޯޓް ސާފުކުރުމުގައި އޭއަސީ ކްލީނިންގ ކްރޫއަށް އެހީތެރިވުން.

މަޤާމު: ސެކިއުރިޓީ ގާރޑް

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކާރގޯ ސަރިވިސަސް  

ޝަރުޠު:

  • ގްރޭޑް 8 ގެ ފެންވަރުހުރުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރުން 20 އާއި 40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/ 10,000އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކަޑައެޅިފައިވާ ސަރަހައްދުތަކަށް ވަންނަނީ ހުއްދަލިބިފައިވާ ފަރާތްތައްތޯ ޗެކްކުރުން.
  • ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ކާރގޯ ޕެކްކުރެވިފައިވޭތޯ ޗެކްކުރުން.
  • ކާރގޯ ހުސްކުރުމަށްޓަކައި، ކަސްޓަމަރުންނަށް ގުދަނަށް ވަދެވޭނެ ގޮތް ހަމަޖައްސައިދިނުން.

މަޤާމު: ބެގެޖްހޭންލަރ

ބޭނުންވާ އަދަދު: 03

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ރޭމްޕް ސަރވިސަސް ސެކްޝަން

ޝަރުޠު:

  • ގްރޭޑް 08 ގެ ފެންވަރުހުރުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރުން 25 އާއި 40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް : މަހަކު -/9,000 އާއި -/10,000އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އެރައިވަލް އާއި ޑިޕާޗާރ ބެގެޖް އޭރިއަރ (އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް)ގައި މަސައްކަތް ކުރުން.
  • ދުވާލަކު ދެފަހަރު އޭޕްރަން، މަތިންދާ ބޯޑުން ބަލާކުނި ސާފުކޮށް ބެލެހެއްޓުން.
  • އޭޕްރަންގައި މަސައްކަތްކުރާއިރު އެސްއޯޕީގައިވާ ގޮތަށް މަސައްކަތްކުރުން.

މަޤާމު: އިކުޕްމަންޓް އޮޕަރޭޓަރ

ބޭނުންވާ އަދަދު: 04

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކާރގޯ ސަރވިސަސް  

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރުހުރުން.
  • ޑްރައިވިންގ ލައިސަސް B1 ނުވަތަ C1 ކެޓަގަރީ ލިބިފައިވުން. ފޯކްލިފްޓް ދުއްވަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • އުމުރުން 25 އާއި 40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/10,000 އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޓްރެކް ޓޯކޮށްގެން ޖެޓީއަށް ގެންދިއުން.
  • ފޯކް ލިފްޓް ދުއްވަން ޖެހިއްޖެ ހިދެގައިދުއްވުން.
  • ULD ކާރގޯ ރިކުއާމަންޓާއި އެއްގޮތަށް ގެނައުން.

ނޯޓް: REF.No.116-HR/IL/2015/10  މިނަންބަރު އިޢުލާންގައި ހަވީރު ނޫހުގައި ޝާއިޢުކުރެވިފައިވާ އިކުޕްމަންޓް އޮޕަރޭޓަރ މަޤާމުގެ ޝަރުޠުގައި ޑްރައިވިންގ ލައިސަންސްގެ ކެޓަގަރީ ހިމެނިފައިނުވާތީ، އެއިޢުލާންގައިވާ އިކްޕްމަންޓް އޮޕަރޭޓަރގެ މަޤާމު ބާޠިލުކޮށް، އެމަޤާމަށްލާފައިވާ ސިޓީތައް ކެންސަލްކޮށްފީމެވެ.

މަޤާމު: ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން:އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / ކާރގޯ ސަރވިސަސް  

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރުހުރުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • 25 އާއި 40 އަހަރާ ދެމެދު.

މުސާރައާއި އިނާޔަތްތަކަށް : މަހަކު -/9,000 އާއި -/10,000އާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިމްޕޯޓް، އެކްސްޕޯޓް ކާރގޯ ގުދަން ސާފުކޮށް ބެލެހެއްޓުން.
  • އެއަރލައިން ސްޓޮކް ތަރުތީބުކުރުން.
  • ލޭންޑްސައިޑާއި އެއަރސައިޑް ކާރގޯ އޭރިއާ ސާފުކޮށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މިހާރު އަދާކުރާ ވަޒީފާއާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓްގެ ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި: 05 މާރިޗު 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ : ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

ހުޅުލެ ، ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު : ފޯނު 3325511    

އަދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

07 ޖުމާދަލްއޫލާ 1435 ހ.

26 ފެބުރުވަރީ 2015
ހޯދާ