ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިއުލާން ނަންބަރު: WAMCO-PRO/IUL/2023/121
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓްޑަށް ވިލިމާލެއިން އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް
މިކޯޕަރޭޝަނުގެ ސަޕޯޓް ސްޓާފުން ބޭތިއްބުމަށް އެޕާޓްމަންޓްއެއްކުއްޔަށް ހިފުމަށް ކުރެވުނު އިއުލާން ނަމްބަރު WAMCO-PRO-IUL-110 އަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީވެ އަލުން އިއުލާން ކުރަމެވެ. ވީމާ، މި ކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީހުގެ ކުރިން މިކުންފުނީގެ ހެޑްއޮފީހަށް ހުށައެޅުއްވަންވާނެއެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
|
ތާރީޙު |
ގަޑި |
ތަން |
ބިޑް ހުށައެޅުން |
04 އޮކްޓޯބަރ 2023 |
11:30 |
މާލޭ އިންޑަސްޓްރިއަލް ވިލްޖުގައި ހުންނަ ވެމްކޯގެ އޮފީސް |
04 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:30ގެ ފަހުން ލިބޭ އެއްވެސް ޕްރޮޕޯސަލްއެއް ބަލައެއް ނުގަނެވޭނެއެވެ.
ބިޑް ހުށައަޅުއްވާއިރު އިޢުލާންގައިވާ ނުކުތާތަކަށް އިސްކަންދީ މަޢުލޫމާތުތައް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3025804 ފެކްސް ނަންބަރު: 3000584
25 ސެޕްޓެމްބަރ 2023