މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ މެރިން އެންޑް އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2023/203

އިއުލާން

"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ މެރިން އެންޑް އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ރ. އަލިފުށި) ގެ މެރިން އެންޑް އިންޖިނިއަރިންގ ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެއެވެ.

ބިޑިންގ ޑޮކިއުމަންޓް:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރައްވަންޖެހޭ ބިޑިންގ ޑޮކިއުމަންޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި ބިޑިންގ ޑޮކިއުމަންޓްގައި ހުރިހާ މައުލޫމާތެއް އެކުލެވިފައިވާނެއެވެ. ބިޑިންގ ޑޮކިއުމަންޓް [email protected]   އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

މައުލޫމާތު  ބައްދަލުވުން:

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 10 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހު ހެދުނު 11:00 އަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށް ވަޑައިގެންދެއްވުން އެދެމެވެ. މައުލޫމާތު ބައްދަލުވުމަށް ވަޑައިނުގެންނެވިޔަސް، އަންދާސީ ހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު  13:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރުން:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

ނޯޓް:މި ތަކެތި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

ހުށަހަޅުއްވާ އަންދާސީ ހިސާބު އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]      

ފޯން: 306982/3026975

26 ސެޕްޓެންބަރު 2023
ހޯދާ