މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ބޯޅަ މުބާރާތާއި ގުޅޭ

               ދުވާފަރު އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ރީހާން ފައުންޑޭޝަން ގުޅިގެން ކަނބަލުންނަށް ޙާއްސަކޮށް ވޮލީ ބޯޅަ މުބާރާތެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިޔަށް ދާނީ 2023 އޮކްޓޯބަރ 20 ވަނަ ދުވަހު ރ.ދުވާފަރުގައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން މި އިދާރާގެ ކައުންޓަރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 14:00 އަދި ބަންދު ދުވަސްތަކުގެ ރޭގަނޑު 20:00 ން 23:00 އަށް ލިބެން ހުންނާނެއެވެ. ފޯމް ހުށައެޅުމުގެ އެންމެފަހު ތަރީޙްއަކީ 2023 އޮކްޓޯބަރ 02 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށްށެވެ.

                   މި މުބާރާތާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ނަމަ އ.ތ.މ ކޮމެޓީގެ ރައީސާ އާމިނަތު އަޙްމަދު 7434345 އަށް ގުޅުއްވުން އެދެމެވެ.

25 ސެޕްޓެންބަރު 2023
ހޯދާ