ދިވެހިރާއްޖެ
އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު ލައިސަންސް ނެގުމަށް މަގުފަހި ކޮށްދިނުމުގެގޮތުން މިކައުންސިލާއި މުލަކަތޮޅު އަތޮޅު ކައުންސިލް ގުޅިގެން ރަށުގައި ތިއަރީ އަދި ޕްރެކްޓިކަލް އިމްތިހާނުގެ ކަންކަން ކުރިއައްގެންދާ ގޮތަށް މިފެށޭ އޮކްޓޯބަރ މަހުގެތެރޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މިޕްރޮގްރާމްގައި ބައިވެރިވެ ލެއްވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއި އެކުގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 08 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮގްރާމް ރަށުގައި ހިންގޭނީ މަދުވެގެން 10 މީހުން ބައިވެރިވެލައްވައިގެން ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ގޫގުލް ފޯމް ލިންކް:
https://forms.gle/ApK8CrYJpKJSzdHh7
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.