މަޤާމު: ރިސާރޗް އޮފިސަރ (ވަގުތީ) ބޭނުންވާ އަދަދު 01
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
ކްލެސިފިކޭޝަން
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް
|
އެމް.އެސް.1
|
އޮފީސް
|
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
|
ޑިވިޜަން/ސެކްޝަން
|
މެރިން ރިސާރޗް ސެންޓަރ
|
މަސައްކަތްކުރަންޖެހޭތަން
|
މާލެ/ މެރިން ރިސާރޗް ސެންޓަރ
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް
|
- ފަރުމަސްވެރިކަމާ ބެހޭ ގޮތުން ހޯދަން ބޭނުންވާ މަޢުލޫމާތު ނެގުމަށް ކުރެވޭ ދިރާސާ ދަތުރުގައި ބައިވެރިވުން.
- ދިރާސާ ދަތުރުތަކުން ނެގޭ ޑޭޓާ އެންޓަރކޮށް އެނަލައިޒް ކުރުން.
- ދިރޭ ކުދިމަހުގެ މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި ބައިވެރިވުން.
- އެމް.އީ.އެމް.ޕީ ޕްރޮޖެކްޓާއި ނެޝަނަލް ކޮރަލް ރީފް ސާރވޭ ދަތުރުތަކުގައި ބައިވެރިވެ ނެގޭ ޑޭޓާ އެންޓަރ ކުރުން.
- ކޮރަލް ރީފް މޮނިޓަރިންގ ދަތުރު ތަކުގައި ބައިވެރިވެ، ޑައިވްކޮށް ފަރުތައް ސާރވޭކުރުން.
- ދިރޭ ކުދިމަހުގެ މަސްވެރިކަމާ ބެހޭ ގޮތުން ރިޕޯޓުތައް އެކުލަވައިލުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
- ޑައިވް މާސްޓަރ ލައިސެންސް އޮތުން.
- ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭ ފަރާތަކަށްވުން.
- ރަށުން ބޭރުގައި ގިނަ ދުވަހު އުޅެވޭނެ ފަރާތަކަށްވުން.
- ފަރުތަކާއި މަސްވަރިކަމުގެ ދިރާސާ ކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
|
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 ރުފިޔާ
|
ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
ރޭންކް
|
ޖީ.އެސް. 3
|
ބޭނުންވާ އަދަދު
|
01
|
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
މުސާރައިގެ %35
|
އޮފީސް
|
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
|
ޑިވިޜަން/ސެކްޝަން
|
ފިޝަރީޒް މެނޭޖްމެންޓް
|
މަސައްކަތްކުރަންޖެހޭތަން
|
ހުޅުލެ
|
މަޤާމުގެ ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތް
|
- ކެޗް ސެޓްފިކެޓް ހެދުމަށް ފޮނުވާ ރިކުއެސްޓް އެފޮނުވާ ދުވަހު ހަދައި އެކުންފުނިތަކާ ހަވާލުކުރުން.
- ދަޅުގައި ބަންދުކޮށްގެން ނުވަތަ ގަނޑުކޮށްގެން އެކްސްޕޯރޓްކުރާ ބޮޑެތި ޝިޕްމަންޓްތަކުގެ ކެޗް ސެޓްފިކެޓް ހެދުމުގެ ކުރިން ޕަރޗޭސް ރިޕޯޓުތައް އެންޓަރ ކުރުން.
- ކޮންމެ ދުވަހަކު ވެސް 12:00 ގެ ކުރިން ވެލިޑޭޝަން ފޯލްޑަރ (ޕަރޗެސް ރިޕޯޓުތައް) އަޕްޑޭޓްކުރުން.
- ކޮންމެ ދުވަހަކުވެސް ޑިއުޓީ ނިމުމުގެ ކުރިން ކެޗް ސެޓްފިކެޓް ހެއްދުމަށް ކުންފުނިތަކުން ދައްކާފައިވާ ފައިސާގެ ބެލެންސް އަޕްޑޭޓް ކުރުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާތަޢުލީމާއި ތަމްރީން
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.
|
ޢިނާޔަތްތައް
|
ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން:
- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް، މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް ކޮއްތުފައިސާގެ ގޮތުގައި 60ރ. އާއި ޝިފްޓް ޑިއުޓީ އެލަވަންސްއާއި ބަންދުދުވަސްތަކުގައި މަސައްކަތް ކުރުމުން ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
- މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
- ސިވލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
މަތީގައިވާ މަޤާމުތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.
|
މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން. |
މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން ، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. |
ސުންގަޑި: |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 މާރިޗު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.
|