ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ތ. ކިނބިދޫ ޒުވާނުންގެ މަރުކަޒު ޢިމާރާތުގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 މަރުކަޒުގެ 2 ވަނަ ފިޔަވަހީގައި ކުރަންޖެހޭ މަސައްކަތްތައް

            1- ޢިމާރާތުގައި ދޮރު ބެހެއްޓުމަށް ހަމަޖެހިފައިވާ ހުރިހާ ތަނެއްގައި ބޮޑުދޮރާއި ކުދި ދޮރާއި ފެންލައިޓްތަކަށް އެލްމެނިއަމް ދޮރާއި ދޮރުފަތް ހަރުކުރުމާއި ބޮޑުދޮރުފަތްތަކަށް ތަޅާއި ތަންޑާއި ކުދި ދޮރުތަކަށް ތަންޑު ހަރުކުރުން (ތަޅުގެ ގޮތުގައި ހަރުކުރަންޖެހޭނީ އަތްގަނޑު މޮޅު ތަޅެވެ.)

            2- ޢިމާރާތުގައި ސިމެންތި ނުޖަހައިހުރި ހުރިހާ ފާރުތަކެއްގެ ދެފަރާތުގައި ސިމެންތި ޖެހުމާއި ޢިމާރާތުގެ މޫނުމަތީގައިވާ ތަނބުތަކުގައި ސިމެންތި ޖަހައި ބޯޑަރ ހެދުން

            3- ކިނބި ނައްޓައި ފެންނުވިއްސާ ސައިޒަކަށް ކިނބި ފުޅާކޮށް އަލުން ކިނބި އެޅުން

            4- ކަރަންޓް ވައިރުނުކޮށްހުރި ހުރިހާ ތަނެއް ކަރަންޓް ވައިރު ކުރުން

            5- ނަލަފިލާ ނައްޓައި އަލުން ހަރުކޮށް ދިޔަދޮވިތައް ރަނގަޅު ކުރުން. ފެންނެގުމަށް ފުރާޅަށް އެރުމަށް އެލްމެނިއަމް ހަރުގަނޑެއް ހޯދުމާއި، ދިޔަދޮވީގައި ނަރުދައު އެޅުން

            6- ދޮރު ބެހެއްޓުމަށް ބެރިބުރި ނުލައްވައިހުރި ހުރިހާ ބޮޑު ދޮރަކާއި ކުޑަދޮރުތަކަކަށް ބެރިލައްވައި މިހާރު ހުރި ދޮރުތަކުގެ ސައިޒަށް ސިމެންތިޖެހުން

            7- ފާޚާނާ ފިޔަވައި ތަޅުން ނާޅައިހުރި ހުރިހާ ތަނެއްގައި ތަޅުން އެޅުން

            8- 4.5 ފޫޓު ޑައިމީޓަރގެ ފެންނަގާ ވަޅެއް ބަހައްޓައި މަތިއަޅައި ވައިހޮޅި ގުޅައި ފެންމޯޓަރަށް ފެންވައިރު ކުރުން

މަރުކަޒުގެ 3 ވަނަ ފިޔަވަހީގައި ކުރަންޖެހޭ މަސައްކަތްތައް

            1- ފާޚާނާ 1 އިންޗި ހައިޕްރެސަރ ހޮޅިން ފެންވައިރު ކުރުމާއި ފިޓިންގްސް ހަރުކުރުމާއި ތަޅުން އެޅުމާއި 7 ފޫޓަށް ތަށިމުށި ޖެހުމާއި ތަޅުމުގައި ތަށިމުށި ޖަހައި ފާޚާނާތައް ފުލް ކޮމްޕްލީޓް ކުރުން

            2- ޢިމާރާތުގެ އެތެރޭގައި ހުރިހާ ތަނެއްގައި ޖިޕްސަން ބޯޑުން ސީލިންގ އަޅައި ކޯނިސް ބޯޑަރ ހަރުކުރުމާއި ފަންކާއަށް ފަންކާ މާގަނޑު ހަރުކުރުމާއި ޕްޓީއަޅައި ނިޕޮން ބްރޭންޑްގެ ކުލަލުން

            3- ޢިމާރާތުގެ ބޭރުއަސްކަނީގައި ސިމެންތި ފިލައިން ސީލިންގ އެޅުމާއި، ފައްތަރުތަކުގައި ދަށުފަތި އެޅުމާއި ނިޕޮން ބްރޭންޑްގެ ވެދަރ ޕްރޫފް ކުލަލުން

            4- ޢިމާރާތުގެ އެތެރާއި ބޭރު ފާރުތަކުގެ ދެފަރާތުގައި ނިޕޮން ބްރޭންޑްގެ ވޯލްސީލަރ ލުމާއި ނިޕޮން ބްރޭންޑްގެ ކުލަލުން

            5- ފަންކާ ހަރުނުކޮށްހުރި ހުރިހާ ތަނަކަށް ފަންކާ ހަރު ކުރުން

            6- މުޅި އިމާރާތުގެ އެތެރޭގެ މުށި ޖަހަންޖެހޭ ހުރިހާ ތަނެއްގައި މުށި ޖެހުން    

މިމަސައްކަތާބެހޭ މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 12 މާރިޗު 2015 ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 19 މާރިޗު 2014 ދުވަހުގެ މެންދުރު ކުރީގެ 10:00 ގައި މިއިދާރާގައެވެ. މަޢުލޫމޫތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނަ ގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

- މަސައްކަތުގެ އަގަށް %80  (ހުށަހެޅޭ އެންމެ ކުޑައަގު / ހުށަހެޅި އަގު 80x)

- މުއްދަތަށް    % 10    (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި މުއްދަތު 10x)

- މާލީ ތަނަވަސްކަން  % 05  (ވޭތުވެދިޔަ 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓަށް ކޮންމެ މަހެއް ވަކީން ބޭންކްގައި ފައިސާ އެންމެ ގިނަ އަދަދު / ފައިސާގެ އަދަދު 5x ބަލައި އެވްރެޖް ހޯދުން)

- ތަޖުރިބާއަށް     % 05   (މިބަޔަށް ޕޮއިންޓް ދެވޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާކަމުގެ ސަރުކާރާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ދޫކޮށްފައިވާ ތައްގަނޑުޖަހާފައިވާ ލިޔުންތަކަށް އެކަންޏެވެ.)

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ