ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ނޭޝަނަލް ޖޫނިޔާ އެތްލެޓިކްސް ޗެމްޕިއަންޝިޕް 15-20 އޮކްޓޯބަރ 2023 އަށް ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުއްދަތުގައި ކުޅުދުއްފުށިން ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިތަކުގެ މަޢުލޫމާތު އެއްކުރުމަށް ބޭނުންވެއެވެ. މީގެތެރޭގައި ހަމައެކަނި މުބާރާތުގެ މުއްދަތަށް ޚާއްޞަކޮށްގެން ގޭގެއިން ކޮޓަރި ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތުވެސް ހޯދުމަށް ބޭނުންވެއެވެ. ވީމާ މުބާރާތް ކުރިއަށްދާ ދުވަސްތަކުގައި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރި އަދި ގެސްޓް ހައުސްގެ މައުލޫމާތު ތިރީގައިވާ ލިންކްގައިވާ ފޯމް މެދުވެރިކޮށް 27 ސެޕްޓެންބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހިއްސާކުރެއްވުން އެދެމެވެ.
ފޯމް ލިންކު: http://tiny.cc/athleticsrentrooms
ސްކޭން ކުރުމަށް:
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527131 އަށް ގުޅުއްވުން އެދެމެވެ.