ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާމެންދޫ އިޖުތިމާޢީ ސަރަޙައްދު 2 ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 (IUL)403-A/403/2023/139:ނަންބަރު         

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

          ލ.މާމެންދޫ އިޖުތިމާޢީ ސަރަޙައްދުތައް މީލާދީ 2 އަހަރު ދުވަހަށް ކުނިކަހާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެ، މި އިދާރާއިން ކުރެވިފައިވާ ނަންބަރު: (IUL)403-A/403/2023/124 (22 އޮގަސްޓް 2023) އިޢުލާނާއި ގުޅިގެން ސަރަޙައްދު 2 އަށް ކުރިމަތިލި ފަރާތުން އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ  ލިޔުންތައް ހުށަނޭޅުމުގެ ސަބަބުން އިޖުތިމާޢީ ސަރަޙައްދު 2 މީލާދީ 2 އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ތަފްޞީލް

ދުވަސް

ތަން

ބީލަމުގައި ރަޖިސްޓްރީވުން

04 އޮކްޓޫބަރު 2023 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމައަށް

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

08 އޮކްޓޫބަރު 2023

(އާދިއްތަ)

11:30 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

       

          

     މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮކްޓޫބަރު 05 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް

 

 

 2023 ސެޕްޓެންބަރު 25 ވާ ހޯމަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 5 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.

 

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

                       09 ރަބީޢުލްއައްވަލް 1445ހ

24 ސެޕްޓެންބަރު 2023
ހޯދާ