ދިވެހިރާއްޖެ
ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮސްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަންތާޖު ޤުރުއާން މުބާރާތުގައި އާންމުނަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި މުބަރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރ 2023 އިން 28 އޮކްޓޯބަރ 2023 އަށެވެ.
އެހެންކަމުން އާންމުންގެ ތެރެއިން މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލް އިދާރާގެ ވައިބަރ ނަންބަރަށް (7930016) އެބޭފުޅެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ލިޔެވުމަށްފަހު މެސެޖްފޮނުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ. މި މިބާރާތުގައި ނަންނޯޓް ކުރާ ބައިވެރިންގެ ތެރެއިން މި މުބާރަތަށް ނަން ފޮނުވުމަށް ހަމަޖެހިފައިވަނީ އޮޑިޝަނެއް ބޭއްވުމަށްފަހު އެއޮޑިޝަނަކުން ހޮވޭ ފަރާތްތަކެވެ. އަދި މި ބުރާތުގައި ބައިވެރިވުމަށް ނަންނޯޓް ކުރައްވާ ފަރާތްތަކަށް މި މުބާރާތުގެ ޤަވައިދު ފޮނުވައިދޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.