ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޓޭޗްކޮށްފައިވާ ޓީއޯއާރ އެއްގޮތަށް މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތަށް އެޓޭޗްކޮށްފައިވާ ޓީއޯއާރުގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. އަދި މިބީލަން އިވޭލުވޭޓް ކުރުމުގައި އުސޫލު ނަންބަރު: 2022/G-23 "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާއި އެއްގޮތަށް އަމަލު ކުރެވޭނެ އެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ސެޕްޓެމްބަރ 24 ވާ އާދިއްތަ ދުވަހުން ފެށިގެން 2023 އޮކްޓޯބަރ 01 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ލިންކް: https://forms.office.com/r/ATF1ZwzuNF

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

24 ސެޕްޓެންބަރު 2023
ހޯދާ