މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫރު މިސްކިތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މާފަރުގައި އަލަށް އިމާރާތްކުރަން ފަށާފައިވާ ނޫރު މިސްކިތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މާފަރުގައި އަލަށް އިމާރާތްކުރަން ފަށާފައިވާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން، ބޭނުންވާ އަދަދަށް ޞައްޙަ އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭއްވޭ ބައްދަލުވުމެއް 2015 މާރިޗު 04 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާގުޅޭ އަންދާސީހިސާބު ހުށަހެޅުން 2015 މާރިޗު 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މިއިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6560005 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ފެބުރުވަރީ 2015
ހޯދާ